އެމްޓީސީސީ ބަހަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ޒަހަމް ވެއްޖެ

ހުޅުމާލޭގައި އެމްޓީސީސީ އެކްސްޕްރެސް ބަހަކާއި ބައިސްކަލަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ޒަހަމްވެއްޖެ އެވެ. މިއަދު 11:45 ހާއިރު ހުޅުމާލެ އަސުރުމާ ހިނގުމުގައި ހިނގި މި އެކްސިޑެންޓްގައި ޒަޚ...

10 Dec 2014 | 08:17

ހުޅުމާލޭގައި އެމްޓީސީސީ އެކްސްޕްރެސް ބަހަކާއި ބައިސްކަލަކާއި ޖެހި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު ޒަހަމްވެއްޖެ އެވެ.

މިއަދު 11:45 ހާއިރު ހުޅުމާލެ އަސުރުމާ ހިނގުމުގައި ހިނގި މި އެކްސިޑެންޓްގައި ޒަޚަމްވެފައިވަނީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ޒަޚަމްވި މިހާއަށް ފަރުވާދިނުމަށްޓަކައި ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިގާފައިވަނީ އަސުރުމާ ހިނގުމުން ހުޅަގުން އިރަށް ދުއްވާފައިދިޔަ ބަހަކާއި ބައިސްކަލެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޑް ހިނގަން މެދުވެރި ސަބަބު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް