އެމްޑަބްލިއުއެސްސީން މާލެއަށް ދޫކުރަމުންދިޔަ ފެނުގެ ހިދުމަތް މެދުކެނޑިފައިވާ މުައްދަތުގައި ފެންދޫކުރާ ގަޑިތަކުގައި ފެން ލިބުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެސްއެމްއެސް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭ އިންތިޒާމު ހަމަޖައްސައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ފެން ދޫކުރާ ގަޑިތަކުގައި ފެން ލީކުވުން ނުވަތަ ފޯޑު ވޭލް އަދި ބޫސްޓަ ޕަމްޕަށް މައްސަލައެއް ދިމާވެއްޖެ ނަމަ 1050 ނަމްބަރަށް އެސްއެމްއެސް ކޮށްގެން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި ކުރާ އެސްއެމްއެސްގައި ކަސްޓަމަރުގެ ނަމާއި މައްސަލައިގެ ހުލާސާގެ އިތުރުން މީޓަރު ނަމްބަރު ހިމަނަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެސްއެމްއެސް މެދުވެރިކޮށް ލިބޭ ޝަކުވާތައް ހައްލުކޮށްދޭން ވަގުތުން ފަށާނެކަމަށެވެ.
އެ ކުންފުނިން ފެން އުފައްދާ ޕްލާންޓްތައް އަލިފާނުގެ ހާދިސާގައި ހަލާކުވުމާއި ގުޅިގެން އަލުން މަރާމާތު ކުރުމަށް ފަހު މިހާރުު ދުވާލަކު ދެފަހަރު ފެން ދޫކުރެ އެވެ. އެއީ ހެނދުނު 08:30 ން 10:30 އަށާއި ރޭގަނޑު 07:30 އިން 10:30 އަށެވެ.
އެ ކުންފުނިން ބުނެފައިވަނީ މުޅި މާލެއަށް 24 ގަޑިއިރު ފެންދޫކުރުމަށް ދެ ހަފްތާވަރު ނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް