މިދިޔަ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ ތޫނުއެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ތ. ތިމަރަފުށީ ބްލޫނިޔާގޭ އަހުމަދު އަސީލަށް ހަމަިލާ ދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން މ. ރިހިވިދުވަރުގެއިން ހައްޔަރު ކުރީ 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އެ މައްސަލާގައި މީގެ ކުރިން ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 18 އަހަރުން މަތީގެ ހަ މީހެކެވެ.
އަސީލް މަރުވެފައިވަނީ 23 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ހަވީީރު އެވެ. އެ ހަމަލާއި ލިބުނު ޒަހަމްތަކާއި ގުޅިގެން އަސީލްގެ އެއް ފައި ބުރިކޮށްލި އެވެ.
އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހައްޔަރުކުރި އަށް މީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް