"ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ފަރުމާކުރުމަށް ތަރުހީބު ނުލިބިގެން އަނެއްކާވެސް ހުޅުވާލައިފި

ރާއްޖޭގެ އުފެއްދުމެއް އަންގައި ދިނުމުގެ ގޮތުން ޖަހާ ނިޝާން ފަރުމާކުރުމަށް ތިން ވަނަ ފަހަރަށް ހުޅުވާލައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން ތިން ވަނަ ފަހަރަށް އެ ފުރ...

10 Dec 2014 | 06:29

ރާއްޖޭގެ އުފެއްދުމެއް އަންގައި ދިނުމުގެ ގޮތުން ޖަހާ ނިޝާން ފަރުމާކުރުމަށް ތިން ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ މި މަސައްކަތުގެ ދަށުން ތިން ވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލީ މީގެ ކުރިން ހުޅުވާލި ދެ ފުރުސަތަށްވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުުން ކަމަށް އެ   މިނިސްޓްރީން ބުނެ އެވެ. މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކެޓް ލިބިފައިވާ އުފެއްދުންތައް ވިއްކާ އިރު އެކަން އަންގައިދޭ ލޯގޯއެއް ނުވަތަ ސީލެއް ފަރުމާ ކުރުމަށް ފަހު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީމަހުގެ 20 ވަނަ ދުވަހެވެ.

އެ މިނިސްޓްރީން ބުނީ ލޯގޯ ފަރުމާ ކުރުމުގައި ބަލަންވީ ކަންކަމާއި ގަވައިދާއި މުބާރާތުގައި ބައިވެރިވުމުގެ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް ިޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓްފިކެޓް ދިނުމުގެ ސްކީމްގައި ބޭނުން ކުރުމުގެ އިތުރުން 25،000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް