ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފ

ސޯސަންމަގު، ކުރީގެ ނަދީ ކަރީ މިރޭ ކުރި މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުގެ...

09 Dec 2014 | 19:21

ސޯސަންމަގު، ކުރީގެ ނަދީ ކަރީ މިރޭ ކުރި މުޒާހަރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން އަންނަ ކަމަށާއި ހަމަލާގެ ސަބަބުން އޭނާގެ ނޭފަތާއި ތުންފަތް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އަދި މީގެއިތުރުން މިރޭގެ މުޒާހަރާ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ދެ މީހަކަށް އަނިޔާވެ ފަރުވާދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުންް ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މިރޭގެ މި މުޒާހަރާ ތެރެއަށްވަދެ ހަމަނުޖެހުން ހިންގަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ 18 އަހަރުން ދަށުގެ 3 ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މިމައްސަލަތައް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް