ބީއެމްއެލްގެ "ކާނިވާ 44" މާދަމާ ސެންޓްރަލް ޕާކުގައި ފަށަނީ

10 Nov 2026 | 19:15
ފޮޓޯ: ބީއެމްއެލް

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ކާނިވާ 44" މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.

މި ކާނިވާ ކުރިއަށްދާނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 11އިން 14ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލްގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ކާނިވަލުގައި މުނިފޫހިފިލުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން މަޖާ ކުޅިވަރުތަކާއި ހަރަކާތްތަށް ވަނީ ރާވާފައެވެ. އަދި ކުޑަކުދިންނަށް ހާއްސަ ޖާދޫ ޥޯތައް ކުރިޔަށް ދާނެ އެވެ.

މީގެ އިތުރުން އެކި ބާވަތްތަކުގެ ތަކެއްޗާއި، ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ސްޓޯލްތައް މިކާނިވާގައި ހުންނާނެއެވެ.

މީގެ އިތުރުން ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. ކާނިވަލުގެ ތެރެއިން 50 ރުފިޔާއިން މަތީގެ ސްވައިޕް ޓްރާންސެކްޝަނެއް ހަދާ ކޮންމެ ފަރާތަކަށްވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. ލަކީޑްރޯއިން ހޮވޭ ނަސީބުވެރި 5 ފަރާތަކަށް މެކްބުކް ނިއޯއެއް އަދި 2 ފަރާތަކަށް ބެޓެރީ ސައިކަލެއް ލިބޭނެކަމަށް ބީއެމްއިލް ވިދާޅުވެއެވެ.

މި ކާނިވާ ހުޅުވާފައި ހުންނާނީ، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް