ހެދިގޮނޑުދޮށުގައި ގާބުރިއެއް ހިފައިގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އުޅުނު އަންހެނަކު ހައްޔަރު

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާބުރިއެއް ހިފައިގެން ހަޅޭއްލަވައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދި 35 އަހަރުގެ އަންހެނަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.

10 Nov 2026 | 15:34
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާބުރިއެއް ހިފައިގެން ހަޅޭއްލަވައި އާންމުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ފެނޭބާ، އާއިޝަތު ޝާމުނާ، 35 އަހަރެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދު އަމުރު ނެރެފައިވަނީ 9 ނޮވެމްބަރުގައެވެ.

ފުލުހުން ދުވަހަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 24 އޮކްޓޫބަރު 2026 ގައެވެ. ޝާމުނާ ވަނީ ކުޑަކުދިންނާއި އާންމުން ތިބި ތަނެއްގައި ހުތުރު ބަހުރުވައިން މުއާމަލާތްކޮށް، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުތަކެއް ހިންގާފައި ކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައިގައި ޝާމުނާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް