އީރާނާ ދެކޮޅު ހަނގުރާމަ ޢަސްކަރީ ގޮތުން ނިމިއްޖެ ކަމަށް ޓްރަމްޕް ބުނެފި

10 Nov 2026 | 10:18
އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް --

އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް --

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ޢަސްކަރީ ގޮތުން "ނިމިފައި" ކަމަށް ސިފަކޮށް، ހޯމަ ދުވަހު އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް ވާހަކަ ދައްކައިފި އެވެ.

އޭނާ މިހެން ބުނީ ޤަޠަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީއާ ވޮޝިންގޓަނުގައި ބައްދަލުކުރެއްވުމަށްފަހު އެވެ.

ކުއްލި ގޮތެއްގައި ބޭއްވި ނޫސް ބްރީފިންގައި ޓްރަމްޕް ބުނީ އީރާނުގެ ޢަސްކަރީ ޤާބިލުކަން ހަލާކުކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ ބަނދަރުތައް ބަންދުކޮށް ކަނޑުމަގުން އެޅި ފިޔަވަޅުތަކާއި، އެއްގަމު މަގާއި ކެސްޕިއަން ކަނޑު ހުރަސްކޮށް ކުރާ ވިޔަފާރި ހުއްޓުވުމަށް އިޢުލާންކުރި ޓާސްކް ފޯސް އަޔަން ގޭޓް ދެމެހެއްޓުމުގެ މައްޗަށް ބާރު އެޅީ ސަރަޙައްދީ ބައިވެރީން ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

އެގޮތަށް ބޭނުންވި ގައުމުތަކުގެ ތެރޭގައި ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ބަޙްރައިން، ކުވެއިތު އަދި އެ ނޫން ޤައުމުތައް ހިމެނޭ ކަމަށް އޭނާ ބުންޏެވެ ޢަސްކަރީ ފިޔަވަޅު މިވަގުތު ޒަރޫރީ ކަމަކަށް ނުފެންނަ ކަމަށް ބުނެ، ޙާލަތު ބަދަލުވެއްޖެ ނަމަ އެމެރިކާ ތައްޔާރަށް އޮތް ކަން ވެސް ޓްރަމްޕް ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ބައިވެރިވިއެވެ. ޤަޠަރުގެ ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ވިދާޅުވީ ސަރަޙައްދީ މަސްރަޙާއި އެމެރިކާ-އީރާން މަޝްވަރާތައް ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެ ބައްދަލުވުމުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުގެ ދެ ދުވަހުގެ ހުށަހެޅުމެއް ޓްރަމްޕަށް ހުށަހެޅުއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އީރާނުގެ އޮފިޝަލުން ޓްރަމްޕްގެ ވާހަކަތަކަށް ދެކޮޅު ހަދަ އެވެ. އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކެރެޓަރީ މުޙްސިން ރެޒާއީ ސޯޝަލް މީޑިއާގައި ބުނީ "އީރާނާ ދެކޮޅު ހަނގުރާމައިން އެމެރިކާ ސަރުކާރު ވެއްޓިއްޖެ" ކަމަށާއި، "މާޔޫސް ޖުވާ ކުޅުންތެރިއެއް ފަދައިން ވޮޝިންގޓަން ތެޅިފޮޅެމުންދާ ކަމަށެވެ. ވަކިން، އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ބުނީ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމެނާއީ، "ހަނގުރާމައެއް ވެސް ނޫން، ޞުލްޙައެއް ވެސް ނޫން" ކަމަށް ސިފަކުރެވޭ ޙާލަތު ނިމުމަކަށް ގެނައުމަށް ގޮވައިލެއްވި ކަމަށެވެ. "ބާރާއި ބިރުދެއްކުމަށް އިރާން ނުގުޑާނެ ކަމަށް ޕެޒެޝްކިއާން ބުންޏެވެ.

ނޫސްވެރިން ޓްރަމްޕާ ކުރި ސުވާލަށް — ހަމައެކަނި ހަނގުރާމަ ނިމުނީ ކަމަށް އިޢުލާންކުރުމުން ނުފުދޭތޯ — ޖަވާބު ދެމުން ޓްރަމްޕް ބުނީ ސަރަޙައްދީ ބައިވެރީންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށާއި، ކުރު ރާސްތާ ޙައްލެއްގެ ބަދަލުގައި "ދިގު ރާސްތާ ޙައްލެއް" ބޭނުންވާ ކަމަށެވެ.

ޤަޠަރަކީ މި ހަމަނުޖެހުމުގައި ވޮޝިންގޓަނާއި ތެހެރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ މުހިންމު ޤައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް