އެމްޕީއެލް ޓޮވަރު ބިއްލޫރިގަނޑު ތަޅާލާފައި --
ހުޅުމާލޭ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރެއްގެ ބިއްލޫރިގަނޑު ތަޅާލި ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ،.
މި ހާދިސާ ހިނގީ ރޭގެ ވަގުރެއްގައި އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ.
އެމީހުން ހައްޔަރު ކުރީ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަސްތުގެ ހާލަތުގައި ތިބެ، އެ ޓަވަރު ތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގައި، ތަކެއްޗަށް ގެއްލުން ދިން މައްސަލައެއްގައި އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް