ޔޫރަޕްގެ ފިހާރަތަކުގެ ފްރިޖްތަކަށް ސައިބާ ހަމަލާ ދެނީ އިރާނުން ކަމަށް ފްރާންސުން ތުހުމަތުކޮށްފި

10 Nov 2026 | 09:39
ފްރާންސްގެ ފިހާރައެއްގެ ފްރިޖުތައް ހުސްކޮށް --

ފްރާންސްގެ ފިހާރައެއްގެ ފްރިޖުތައް ހުސްކޮށް --

ފަރަންސޭސިވިލާތުގެ ސުޕަމާކެޓުތަކުގައި ހުރި އައިސްއަލަމާރިތަކާއި ފްރީޒަރުތަކުގެ ފިނިހޫނުމިން ހެކަރުން މައްޗަށް ޖައްސައި އެތައް ޓަނެއްގެ ކާބޯތަކެތި ހަލާކުކޮށްލި ސައިބާ ހަމަލާގެ ޒިންމާ އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ބޮލުގައި ފްރާންސް ސަރުކާރުން އަޅުވައިފިއެވެ.

ފްރާންސްގެ ފޮރިން މމިނިސްޓަރު ޖޯން ނޮއެލް ބެރޯ ބުނީ މި ހަމަލާއަކީ ރުޅިވެރިކަމުގެ ގޮތުން މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ފެންވަރުގެ ހަމަލާއެއް ކަމަށެވެ. މިކަމުގެ ޒިންމާ އުފުލާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ބުންޏެވެ.

ބެރޯ ބުނީ ފްރާންސް ސަރުކާރުން ވަނީ ޕެރިހުގައި ހުންނަ އީރާނުގެ ސަފީރު ހާޒިރުކޮށް މި ސީރިއަސް އަމަލާއާ ދެކޮޅަށް ހިތްހަމަ ނުޖެހުން ހުށަހަޅާފައި ކަމަށެވެ. ޕެރިހުގެ ޕްރޮސެކިއުޓަރު ލޯރް ބެކިއޯ ބުނީ ރެވޮލިއުޝަނަރީ ގާޑުގެ އިލެކްޓްރޯނިކް އެންޑް ސައިބާ ސެންޓަރާ ގުޅުން ހުރި "ޝާހިދް ކާވެހް" ކިޔާ ސައިބާ ޔުނިޓެއްގެ ވެރިޔާ އާއި އޭނާގެ ދެ ނައިބުންނާ ދެކޮޅަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ޝާހިދް ކާވެހް އަކީ އީރާނު ސަރުކާރުން ސީދާ ވަޒީފާ ދީފައިވާ ކަމަށް ބެލެވޭ ހެކަރުންގެ ގުރޫޕަކަށް ދީފައިވާ ނަމެކެވެ.

އީރާނުން ރަސްމީކޮށް ޖަވާބެއް ދީފައި ނުވި ނަމަވެސް، އީރާނުގެ ބައެއް މީޑިއާތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ރަޝިޔާއާ ގުޅުން އޮންނަ ދެ ހެކްޓިވިސްޓް ގުރޫޕަކުން މި ހަމަލާގެ ޒިންމާ ނެގި ނަމަވެސް، ގިނަ ބަޔަކު އެ ވާހަކަ ގަބޫލެއް ނުކުރެއެވެ. ފްރާންސް ސަރުކާރުން އީރާނަކީ ޒިންމާ އުފުލާ ފަރާތް ކަމަށް ނިންމީ ކިހިނެއްކަން ހާމަކޮށްފަ ނުވާ އިރު، ސައިބާ ހަމަލާތައް ވަކި ފަރާތަކާ ގުޅުވުމަކީ ހެކަރުންނަށް ތިބި ތަން ފޮރުވެން އޮންނަ ފުރުސަތު ފުޅާވާނެ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ހެކަރުން ވަނީ ފްރާންސްގެ ސުޕަމާކެޓުތައް ގިނަ އަދަދަކަށް ބޭނުންކުރާ ފިނިކުރާ ޔުނިޓުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާ އެ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ޑެންމާކުގެ އިންޖިނިއަރިން ކުންފުނި ޑޭންފޮސް ފޯރުކޮށްދޭ މި ސޮފްޓްވެއާ މެދުވެރިކޮށް ވިޔަފާރިވެރިން ދުރުން ފިނިކުރާ ތަކެތި ބަލަހައްޓައެވެ. ކޯއޮޕެރެޓީފް ޔޫގެ 100 އަށް ވުރެ ގިނަ ފިހާރައާއި، އިންޓަމާޝޭ އަދި ނެޓޯ ބްރޭންޑުގެ 180 ފިހާރައެއް މި ހަމަލާގެ އަސަރު ކޮށްފައިވާ އިރު، ބައެއް ފިހާރަތަކުގެ ފިނިހޫނުމިން ރޭގަނޑު 50 ޑިގްރީ ސެލްސިއަސް (120 ފެރެންހައިޓް) އަށް އެރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ކެރެފޯ، މޮނޮޕްރީ އަދި އީ.ލެކްލާކް ފަދަ ބޮޑެތި ރީޓެއިލަރުންނަށް ވެސް މި ހަމަލާ އަމާޒުވިއެވެ.

ފްރާންސަށް ފަހު މި މަހު ކުރީކޮޅު ޔޫރަޕުގެ އެހެން ގައުމުތަކަށް ވެސް ދިނެވެ. ބެލްޖިއަމާއި ލަގްޒެމްބާގުގެ ސުޕަމާކެޓުތަކަށް ބޮޑެތި ގެއްލުން ލިބުނު އިރު ސްވީޑެން، އަޔަލެންޑް، ނެދަލެންޑްސް، އެސްޓޯނިއާ އަދި ފިންލެންޑުގެ ބައެއް ފިހާރަތަކަކަށް ވެސް އަސަރުކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް