ރިސޯޓެއްގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، ކެޕްޓަން ފިހިއްޖެ

10 Nov 2026 | 07:57
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އައިޖީއެމްއެޗު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް -- ފޮޓޯ: އައިޖީއެމްއެޗު

ކ. އަތޮޅު ރިސޯޓެއްގެ ފަޅު ތެރޭގައި އަޅާފައޮ އޮތް ލޯންޗެއްގައި އަލިފާން ރޯވެ ކެޕްޓަން ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ލޯންޗުގައި އަލިފާން ރޯވި ކަމަށް ވަނީ ރޭ މެންދަމު 3:00 ހާއިރު އެވެ. ފުލުހުންނަށް ހާދިސާގެ ރިޕޯޓު ކުރީ ފަތިހު 5:30 ހާއިރު އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު ލޯންޗުގައި ހުރީ 34 އަހަރުގެ ދިވެހި ކެޕްޓަން އެކަނި ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ މެއާއި ކަރު ފިހިފައިވާ ކަމަށް މައުލޫމާތުދެ އެވެ.

ކެޕްޓަން މާލެ ގެނެސް މިހާރު ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި އެވެ. މިހާދިސާގައި ލޯންޗަށްވެސް އެކިވަރުގެ ގެއްލުންވެފައިވެ އެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް