އަފްރާޝީމް އަދި ރައުދާގެ މަރުގެ މައްސަލައިގެ މައުލޫމާތު މި ހަފުތާގައި އާއްމު ކުރަނީ

ރަހުމް ކުޑަގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގޫޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ...

10 Nov 2019 | 18:21

ރަހުމް ކުޑަގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގޫޅޭގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް މި ހަފްތާގެ ތެރޭގައި އާންމު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާޏު ވިދާޅުވީ އެ ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށާއި ކަމާ ގުޅޭ އިދާރާތަކަށް މި ހަފްތާގެ ތެރޭގައި އެ ރިޕޯޓް ފޮނުއްވާނެ ކަމަށެވެ. އަދި އޭގެ މައުލޫމާތުވެސް އާއްމު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އަފްރާޝީމްގެ މަރުގެ ފަހަތުގައި ތިބި މީހުން މިހާރު ހޯދިފައިވާކަމަށް ކޮމިޝަނުން ބުނެފައިވާއިރު އަފްރާޝީމްގެ މަރާ ގުޅޭގޮތުން އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައީސް ސޯލިހަށް އަރުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

އަފްރާޝީމްގެ މަރުގެ އިތުރުން، ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި މަރުވި ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ތަފްސީލީ ރިޕޯޓް ލިބިފައިވާކަމަށާއި އެ ރިޕޯޓްގެ މައުލޫމާތުވެސް މި ހަފުތާގެ ތެރޭގައި ހާމަކުރައްވާނެ ކަމުގައި އެމަނިކުފާނު މިރޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް