ދިވެހި ފިލްމް "ބޮސް" މިމަހު ބައިސްކޯފަށް އަންނަނީ

ފާތިމަތު ނަހުލާގެ "ބޮސް" މިމަހުގެ ތެރޭގައި ބައިސްކޯފުން ސްޓްރީމްކުރަން ނިންމައިފިއެވެ. ދިވެހި ފިލްމް "ބޮސް" ބައިސްކޯފުގައި ސްޓްރީމް ކުރަން ނިންމާފައިވަނީ ބައިސްކޯފު އެޕްލިކޭޝަން އަށް އެއް އަހަރު ފުރުމ...

10 Nov 2019 | 05:20

ފާތިމަތު ނަހުލާގެ "ބޮސް" މިމަހުގެ ތެރޭގައި ބައިސްކޯފުން ސްޓްރީމްކުރަން ނިންމައިފިއެވެ.

ދިވެހި ފިލްމް "ބޮސް" ބައިސްކޯފުގައި ސްޓްރީމް ކުރަން ނިންމާފައިވަނީ ބައިސްކޯފު އެޕްލިކޭޝަން އަށް އެއް އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ.

"ބޮސް" އަކީ 2017 ވަނަ އަހަރު އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން އެވެ. މި ފިލްމަކީ މުއްސަނދި ކުއްޖެއްގެ މުދާގަނޑު ފޭރިގަންނަން ބަޔަކު ކުރާ މަސައްކަތުގެ މައްޗަށް އައިޝަތު ނަހުލާ ލިޔެފައިވާ ވާހަކައެކެވެ. މިފިލްމު ޕްރޮޑިއުސްކޮށްފައި ވަނީވެސް ނަހުލާ އެވެ.

ބައިސްކޯފުގެ އަހަރީ އާއި ގުޅިގެން މުޅިން އާ ފިލްމުތަކެއް ސްޓްރީމްކުރަން ތައްޔާރުވަމުން އަންނައިރު، މިހާތަނަށް ރިލީޒް ނުކުރެވި އޮތް ފިލްމް "މާޔޫސް" ވެސް މިމަހުގެ ތެރޭގައި ބައިސްކޯފަށް އަންނާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ނިއުމާ މުހައްމަދު، ޖުމައްޔިލް ނިމާލް އަދި ކޮޕީ އިއްސެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް