އުމްރާއަށްފަހު އިބޫ ރާއްޖެ ވަޑައިގެންފި

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ސައުދީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުފުޅުގައި އުމްރާގެ މަތިވެރި އަޅުކަން، އިބޫ ފުރިހަމަ ކުރައްވާފައިވާއިރު އިބޫ ރ...

10 Nov 2018 | 05:13

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ސައުދީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުފުޅުގައި އުމްރާގެ މަތިވެރި އަޅުކަން، އިބޫ ފުރިހަމަ ކުރައްވާފައިވާއިރު އިބޫ ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

އިންތިހާބީ ރައީސްގެ މި ދަތުފުޅުގައި ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކާއި އިބޫ ބައްދަލުކުރެއްވިއެވެ. އަދި މައްކާގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާވެސް އިބޫ ބައްދަލުކުރެއްވިއެވެ.

އިބޫގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އަރިހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާޒިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިބޫ ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އިބޫގެ މި ދަތުރުފުޅުގައި ސައުދީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ އުންމުލްގުރާ ޔުނިވާސިޓީގައި ކިޔވަމުންދާ ދިވެހި ދަރިވަރުންނާއި، އިބޫ ބައްދަލު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް