ހޮންގކޮންގ އާދެކޮޅަށް ކުޅޭ ޤައުމީ ޓީމުގެ ސްކޮޑް އިޢުލާނު ކޮއްފި

އަންނަ ބްރާސްފަތި ދުވަހު ހޮންގކޮންގ އާދެކޮޅަށް ކުޅޭ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިޢުލާނު ކޮއްފިއެވެ. މިފަހަރުގެ ސްކޮޑުގައި  23 ކުޅުންތެރިން ހިމެނޭ އިރު، މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރި...

10 Nov 2015 | 13:10

އަންނަ ބްރާސްފަތި ދުވަހު ހޮންގކޮންގ އާދެކޮޅަށް ކުޅޭ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑް އިޢުލާނު ކޮއްފިއެވެ.

މިފަހަރުގެ ސްކޮޑުގައި  23 ކުޅުންތެރިން ހިމެނޭ އިރު، މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަންސަރު އިބްރާހިމް (އަންކޮ) އާއި ކްލަބް ވެލެންސިއާގެ އަހުމަދު ވިސާމް (ޖެރާޑް) އާއި ވިކްޓަރީގެ މުހައްމަދު ތަސްމީން (ތައްތި) އެވެ.

މި ސްކޮޑުގައި ނިއުރޭޑިއެންޓާއި މާޒިޔާ އާއި ނިއުރޭޑިއަންޓުން ކުރެ ކޮންމެ ޓީމަކުން ފަސް ކުޅުންތެރިންނާއި ކްލަބް އީގަލްސް އާއި ވެލްނިސައާ އިން ކޮންމެ ޓީމަކުން ތިން ކުޅުންތެރިންނާއި ޓީސީގެ ދެ ކުޅުންތެރިންނާއި ވިކްޓްރީ، މަހިބަދޫ، ބީޖީ މިއިން ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ.

އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅޭ ޤައުމީ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އާއި މިޔަންމާގެ ކޭބީޒެޑް ޓީމަށް ކުޅޭ ކެޕްޓަން މުޙައްމަދު ޢާރިފް (ބަކާ)ވެސް ސްކޮޑުގައި ހިމެނެއެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު 15:50 ގައި ކުޅޭމެޗުން ބާކީވެފައިވަނީ ކްލަބް ވެލެންސިއާގެ ދިވެހި ޤައުމީ ޓީމުގެ ވައިސް ކެޕްޓަން އަކްރަމް ޢަބްދުލްޣަނީ (އަކޫ) އާއި ދެކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑުވެފައިވާ ނިއުރޭޑިއަންޓުގެ ކެޕްޓަން އައްސަދު ޢަލީ (އަޑޭ) އާއި އަނިޔާގެ ސަބަބުން ބާކީވު މުޙައްމަދު ޢުމައިރެވެ.

މިފަހަރުގެ ސްކޮޑުގައި ހިމެނެނީ:

ނިއުރޭޑިއެންޓް -

  • އަހުމަދު އަބްދުﷲ (ލިލީ)،
  • އަލީ ފާސިރު (ސެންޓޭ)،
  • ހަމްޒާ މުހައްމަދު (ހަމްޕު)،
  • ޝާފިއު އަހުމަދު (ޝާފީ)،
  • މުހައްމަދު ރަޝީދު (ހޮކޭ)

މާޒިޔާ -

  • މުހައްމަދު ސަމްދޫހް،
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)،
  • އަހުމަދު ނާޝިދު (ނާއްޓޭ)،
  • އަލީ އަމްދާން (އެންޑީ)،
  • މުހައްމަދު އިރުފާން (އިރޭ)

އީގަލްސް -

  • އަހުމަދު ނޫމާން (ހެލްމެޓު)،
  • އިސްމާއިލް އީސާ (މެސީ)،
  • އަންސަރު އިބްރާހިމް (އަންކޮ)

ވެލެންސިއާ -

  • އަހުމަދު ވިސާމް (ޖެރާޑް)،
  • އިބްރާހިމް އަބްދުﷲ (އިއްބެ)،
  • އަހުމަދު އާތިފް.

ޓީސީ -

  • ނާއިޒު ހަސަން (ދާދު)،
  • މުހައްމަދު އިމްރާން

މަހިބަދޫ -

  • ސަމޫހް އަލީ (ސަމުއްޓޭ)

ބީޖީ

  • ކީޕަރު އިބްރާހިމް އިފްރާހް އަރީފް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް