ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަފައިވާ މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
މި ދެ ބޭފުޅުން ރުހުން ދިނުމާއިމެދު ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހުމުން ޑިފެންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފަށް ރުހުން އޮތް ކަމަށް 66 މެމްބަރުން ވޯޓު ދެއްވި އެވެ. ޓުއަރިޒަމް މިނިސްޓަރު ޒަމީރަށްވެސް ހަމަ އެއަދަށް މެމްބަރުން ވޯޓު ދެއްވި އެވެ.
މި ދެ ބޭފުޅުންނަށް މިއަދު ރުހުން ދިނީ އެ ދެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ދެ ބޭފުޅުންގެ ނަންފުޅު ދިރާސާކޮށް ކޮމެޓީން ވެސް ފާސް ކުރި ގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް