އިންޑިއާއިން އިނގިރޭސި ރާނީއާ ދެކޮޅަށް ދަޢުވާކުރަނީ

އިންޑިއާއިން އިނގިރޭސި ރާނީ އެލިޒަބްތް2 އާ ދެކޮޅަށް ދަޢުވާކުރުމަށް ނިންމައިފިއެވެ. މިއީ އެއްއިރެއްގައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ރީތި ޖަވާހިރު ކަމަށްވާ " ކޮހިނޫރު " ހޯދުމަށް އިންޑިއާގެ ވިޔަފާރި...

10 Nov 2015 | 07:49

އިންޑިއާއިން އިނގިރޭސި ރާނީ އެލިޒަބްތް2 އާ ދެކޮޅަށް ދަޢުވާކުރުމަށް ނިންމައިފިއެވެ.

މިއީ އެއްއިރެއްގައި ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ރީތި ޖަވާހިރު ކަމަށްވާ " ކޮހިނޫރު " ހޯދުމަށް އިންޑިއާގެ ވިޔަފާރިވެރިއަކާއި ބޮލީވުޑްގެ ތަރިއެއް ގުޅިގެން ކުރުމަށް ނިންމާފައިވާ ދަޢުވާއެކެވެ.

ބައެއް ރިޕޯޓުތަކުން ހާމަވާގޮތުގައި އިންޑިއާގެ ކޮހިނޫރު ޖަވާހިރަކީ 1849 ވަނަ އަހަރު އިންޑިއާގެ ސިކުންގެ ލީޑަރެއް ކަމަށްވާ ޑުލީޕް ސިންގ ރާނީއަށް ހަދިޔާކޮއްފައިވާ އެއްޗެކެވެ. އެހެން ނަމަވެސް އަނެއްބައި ބައި-ރިޕޯޓުތައް ބުނާގޮތުން އެއީ އޭރު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އިންޑިއާގައި ތިބި އިގިރޭސިން އެ ކޮހިނޫރު ގެންދިޔައީ އެވެ.

މައުންޓަން އޮފް ލައިޓްގެ ނަމުގައި ހަދާފައިވާ ގުރޫޕެއްގައި ހިމެނޭ ބޮލީވުޑްގެ ތަރިއެއް ކަމަށްވާ ހުމިކާ ސިންގ ބުނެފައި ވަނީ ކޮހިނޫރަކީ ހަމައެކަނި 105 ކެރެޓްގެ ޖަވާހިރެއް ނޫން ކަމަށާއި އެއީ އިންޑިއާގެ ތާރީޚާއި ޘަޤާފަތާ ގުޅިފައިވާ އެއްޗެއް ކަމަށްވާތީ، އެއްވެސް ޝައްކަކާއި ނުލައި ކޮހިނޫރު އަނބުރާ އިންޑިއާއަށް ދޭން ޖެހޭނެ ކަމަށެވެ.

މައުންޓަން އޮފް ލައިޓްގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ އެމީހުން ރާނީ އެލިޒަބަތާ ދެކޮޅަށް ދަޢުވާ ކުރަނީ ދައުލަތުގެ ޖަވާހިރެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ކަމަށާއި އެމައްސަލައިގައި އެމީހުން ބައިނަލްއަޤުވާމީ ކޯޓުތަކަށް ދާން ޖެހުނަސް ދާނެކަމަށެވެ.

ކޮހިނޫރު ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ އަނބުރާ ދިނުމަށް މީގެކުރިންވެސް ވަނީ އިންޑިއާއިން އެދިފައެވެ. އަދި އިންޑިއާގެ އަހަރީ ދުވަސް ފާހަގަކުރުމަށް 1997 ވަނަ އަހަރު ރާނީ އެލިޒަބަތު 2، ކުރެއްވި ޒިޔާރަތުގައި އިންޑިއާގެ ގިނަ ފަރާތްތަކަކުން ވަނީ ކޮހިނޫރު އަނބުރާ ދިނުމަށް އެދިފައެވެ.

އޭގެ ފަހުން އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރޫން 2013 ފެބުރުއަރީގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ކޮހިނޫރު ދޭން ބުނެ އިންޑިއާއިން އެދުމަކީވެސް ބުއްދި ޤަބޫލުކުރާ ކަމެއް ނޫން ކަމަށެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް