މަސްދުވަސްތެރޭގައި ކުއްލި ނުރައްކާގެ ޙާލަތު އުވާލެވޭނެ: ދުންޔާ

މިހާރު ރާއްޖޭގައި އިޢުލާނު ކޮއްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު މަސްދުވަސްތެރޭގައި އުވާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ. އެސޯސިއޭޓ...

10 Nov 2015 | 07:29

މިހާރު ރާއްޖޭގައި އިޢުލާނު ކޮއްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު މަސްދުވަސްތެރޭގައި އުވާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) އަށް ދެއްވާފައިވާ ބަސްދީގަތުމެއްގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ފޮރިން މިނިސްޓަރ ވިދާޅުވީ އެގޮތަށް އުއްމީދު ކުރެއްވެނީ ރާއްޖޭގެ ޑިފެންސް އޮފިޝަލުން ދެއްވާ މަޢުލޫމާތުގެ އަލީގައި ކަމަށެވެ.

އެ މަޢުލޫމާތުތަކަށް ބަލާ އިރު، ހާލަތު ބަދަލުވާތަން ވަރަށް އަވަހަށް ދުށުމަށް އުއްމީދުކުރައްވާކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިޔަސް، ރާއްޖެ އޮތީ ޢާންމު ހާލަތުގައި ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނުރައްކަލެއް ނެތް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ފޮރިން މިނިސްޓަރު ވަޑައިގެންނެވީ ވިދާޅުވަމުންނެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރީ ޢާންމުންގެ ބައެއްގެ އަތުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމުގެ ކަށަވަރު މަޢުލޫމާތު ލިބިގެން ކަމަށް ސަރުކާރުން ހާމަކޮއްފައިވާ އިރު، ސަލާމަތީބާރުތަކުން މިހާރުވަނީ އެފަދަ ހަތިޔާރު ހޯދާފައެވެ. އަދި މިހާރުވެސް އެފަދަ ތަކެތި ހުރިކަމަށް ބަލާ، އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަންނަނީ ތަންތަން ބަލާ ފާސްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް