އެމްޑީޕީ އިން " ކުއްލި " ނަމުގައި ފޮޅީއެއް ނެރެން ފަށައިފި

މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން " ކުއްލި " މިނަމުގައި ފޮޅިއެއް ނުވަތަ ލީފްލެޓެއް ނެރެން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރާއްޖޭގެ ...

10 Nov 2015 | 07:16

މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އިން " ކުއްލި " މިނަމުގައި ފޮޅިއެއް ނުވަތަ ލީފްލެޓެއް ނެރެން ފަށައިފިއެވެ.

މިއީ ރާއްޖޭގައި މިހާރު އިޢުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ޚަބަރުތައް ރައްޔިތުންނާ ހަމައަށް ލީފްލެޓެއްގެ ޒަރީއާއިން ގެނެސް ދިނުމުގެ މަޤުޞަދުގައި ނެރެންފެށި އެއްޗެެކެވެ.

އެޕާޓީން ރޭ ނެރެންފެށި މި ފޮޅީގެ ފުރަތަމަ ޢަދަދުގައި ވަގުތު 13 އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު 2003 ވަނަ އަހަރު ލިޔުއްވާފައިވާ އާޓިކަލެއް ކަމަށްވާ “ވެރިއެއްގެ ނިމުން” ވެސް ހިމެނެއެވެ.

އަދި ޑރ. މުޞްތަފާ ލުޠުފީ ލިޔުއްވާފައިވާ އާޓިކަލް އަކާއި އެހެނިހެންވެސް ތަފާތު އާޓިކަލްތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް