ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމިޓީއަށް ވައްދައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިނިވަން މުއައްސަސާ ކޮމިޓީއަށް ވައްދައިފި އެވެ. މި މައްސަލަ ކޮމިޓީއަށް ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހު...

10 Nov 2015 | 07:15

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިނިވަން މުއައްސަސާ ކޮމިޓީއަށް ވައްދައިފި އެވެ.

މި މައްސަލަ ކޮމިޓީއަށް ވައްދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ ތިން މެމްބަރަކު ސޮއި ކުރުމަށް ފަހުގަ އެވެ.

މި މައްސަލައާއި ބެހޭގޮތުން ބާއްވާ ކޮމިޓީ ބައްދަލުން ފެށުމަށް ހަަޖެހިފައިވަނީ މިއަދު 1:45 ގަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ކޮމިޓީން ގޮތެއް ނިންމުމަށްފަހު މައްސަލައާއި މެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް