މާރަނަ ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އޮކްޓޯބަރ 24 ވަނަ ދުވަހު ތިން މީހުންނާއިއެކު ކ.ވިލިގިލިން ފުރައިގެން އއ.ކުރަމަތި ރިސޯޓަށް ދަތުރުކުރި “މާރަނަ-04″ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު އެ ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް  ...

10 Nov 2015 | 06:00

އޮކްޓޯބަރ 24 ވަނަ ދުވަހު ތިން މީހުންނާއިއެކު ކ.ވިލިގިލިން ފުރައިގެން އއ.ކުރަމަތި ރިސޯޓަށް ދަތުރުކުރި “މާރަނަ-04″ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު އެ ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް  ހުއްޓާލާފައި ވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިޝާ މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ އެ ދޯނިން ގެއްލުނު ދިވެހި ކެޕްޓަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 25 އިން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމްއެންޑީއެފުން މީގެ ކުރިން ހާމަކޮށްފައިވާގޮތުގައި ކެޕްޓަން ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިންޑިއާގެ ކޯސްޓްގާޑެއްވެސް ހަރަކާތްތެރި ވެފައި ވެ އެވެ.

މާރަނަ ދޯނި ގެއްލުނު ދުވަހު ވަނީ ލ. އަތޮޅުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި "ނޫމަސް" ނަމަކަށް ކިޔާ ދޯންޏަކާއި "އެޓޯލް އެކްސްޕްރެސް" ނަމަކަށް ކިޔާ ދޯންޏެއް ވެސް ހޯދަން ފަށާފަ އެވެ. އެ ދެދޯނި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އަޑިއަށް ގޮސްފަ އެވެ.

ނަމަވެސް އެ ދެ ދޯނިން ދަތުރުކުރި އެންމެން ވަނީ ކޮންޓޭނަރެން ފެންމަތިކޮށް ފްލޯޓެއް ހަދައިގެން ސަލާމަތްކަން ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް