ބިޔަރު ކޭހަކާއެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރުކޮށްފި

ބިޔަރު ދަޅު ކޭހަކާ އެކު  19 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕ...

10 Nov 2015 | 05:40

ބިޔަރު ދަޅު ކޭހަކާ އެކު  19 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ބިޔަރު ކޭހެއް ސައިކަލަކަށް އަރުވާތަން ފެނުމާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގެރޭ 20:00 ހާއިރު ހުޅުމާލެ ކަންނެލި ޖެޓީ ސަރަޙައްދުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި  ހުޅުމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން  ތަޙްޤީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް