ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގޭ ސަރަހައްދު ބަންދުކުރާ ގޮތް ފުލުހުން އާންމުކޮށްފި

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގޭ ސަރަހައްދު ބަންދުކުރާ ގޮތް ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބާއްވާ  ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަ...

10 Nov 2015 | 05:35

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގޭ ސަރަހައްދު ބަންދުކުރާ ގޮތް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބާއްވާ  ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާ ހާޒިރީންގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށް އެސަރަޙައްދުގެ ޓްރެފިކް ފްލޯ ހަމަޖެއްސުމަށް ދަރުބާރުގެ ހިމެނޭ ސަރަޙައްދު މިރޭ 19:00 ން ފެށިގެން  ޖަލްސާ ނިމެންދެން ބައެއް މަގުތައް ބަންދުކުރާގޮތަށް ވަނީ ހަމަޖެހިފައި ވާކަމަށެވެ.

އެގޮތުން އާއްމު ޓްރެފިކަށާއި ހިނގާ މީހުންނަށް ނުވަދެވޭގޮތަށް ބަންދުކުރެވޭ މަގުތަކަކީ؛:

ބޮޑު ތަކުރުފާނު މަގު އަމީނީ މަގު ގުޅުނު ކަންމަތި

ބޮޑުތަކުރުފާނު މަގު ކޮއިމަލާ ހިނގުން ގުޅުނު ކަންމަތި

އަމީނީމަގު މޫންލައިޓް ހިނގުން ގުޅުނު ކަންމަތި

އަމީނީމަގު ކަށިމާ ހިނގުން ގުޅުނު ކަންމަތި

ބުރުޒުމަގު ރަތްވިލާ ހިނގުން ގުޅުނު ކަންމަތި

ބުރުޒުމަގު އިރުދޭމާ ހިނގުން ގުޅުނު ކަންމަތި

ބުރުޒުމަގު ޖަނަވަރީ ހިނގުން ގުޅުނު ކަންމަތި

ބުރުޒުމަގު މޫނިމާ ހިނގުން ގުޅުނު ކަންމަތި

ބުރުޒުމަގު ކަލާފާނު ހިނގުން ގުޅުނު ކަންމަތި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ޖަލްސާއަށް ރަތްވިލާ ހިނގުމާއި އިރުދޭމާ ހިނގުމާއި ޖަނަވަރީ ހިނގުމާއި މޫނިމާ ހިނގުމުގެ އިތުރުން ކަލާފާނު ހިނގުން އަދި  އަމީނީމަގު ކަށިމާ ހިނގުން ގުޅުން ކަންމަތިން ފެށިގެން ކަލާފާނު ސްކޫލާ ހަމައަށް ޕާކިންގ ޒޯންތައް ހުސްކުރުމަށްވަނީ ހަމަޖެހިފައި ވާކަމަށާއި އަދި މި މަގުތައް ހާއްސަކުރެވިފައިވަނީ ޖަލްސާއަށް ވަޑައިގަންނަވާ އެހެނިހެން އިއްޒަތްތެރިންގެ އުޅަނދުތައް ޕާކްކުރުމަށް ކަމަށެވެ.

މީގެއިތުރުން ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ފުރަގަސް ހާއްސަކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުން މަޖިލިސްގެ ރައީސް އާއި ސްޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ކެބިނެޓް މިނިސްޓަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ ކާރުކޮޅުތައް ޕާކްކުރުމަށް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުން ދެއްވުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އަދި ދަރުބާރުގެ ހިމެނޭ ސަރަޙައްދު ބަންދު ކުރުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކޮންމެ ވަގުތެއްގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިގެންދާ އެހީތެރިކަމާ އެއްބާރުލެއްވުމަށް މިފުރުޞަތުގައިވެސް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް