ކިނޮޅަހު ތިޖޫރި ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ރ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ. ފުލުހުން ބުނީ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަންކޮށްފައިވަނީ ރޭ މެންދަމުން އަލިވ...

10 Nov 2015 | 04:32

ރ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ކިނޮޅަހު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ވައްކަންކޮށްފައިވަނީ ރޭ މެންދަމުން އަލިވެ 03:10 ހާއިރު އެތަނުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ. ފުލުހުން ހާމަކުރާ ގޮތުގައި އެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވަނީ 78000 ރުފިޔާ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލައިގެ ތަހުގީގު ފަށާފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް