ލޮލުރޯގާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލޭ އާއި އަތޮޅު ތެރޭގައި ލޮލު ރޯގާ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ލޮލުރޯގާ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަ...

10 Nov 2014 | 10:49

މާލޭ އާއި އަތޮޅު ތެރޭގައި ލޮލު ރޯގާ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ މި ދުވަސްވަރު ލޮލުރޯގާ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ހަފްތާއެއް ތެރޭ ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ލޮލުރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ އެޖެންސީން ބުނީ އެންމެ ބޮޑަށް މި ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވަނީ ވިލިމާލެއިން ކަމަށެވެ.

އެ ރޯގާ ޖެހުމުން ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ލޮލުރޯގާ އަކީ ފަސޭހަ އިން ގައިން ގަޔަށް އަރާ ރޯގާއަކަށް ވާތީ ބަލި ޖެހިފައިވާ މީހުން އާއްމުންގެ ތެރެއަށް ނުކުމެ ނޫޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ލޮލު ރޯގާ ޖެހިގެން ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ އަތޮޅު ތަކުގެ ތެރޭގައި ހދ. އަތޮޅާއި ރ. އަތޮޅު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް