ގަމު ފުލުހުންގެ މަރުކަޒުގައި ހުޅުޖެހި މައްސަލައިގަ ހެކި ބަސް ނަގައިފި

ފެބްރުއަރީ 8 2012 ގައި އައްޑޫ ސިޓީ ގަމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އެރަށު ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ބައެއް މީހުންނާއި ދެކޮޅަށް އަށް ފުލ...

10 Nov 2014 | 10:48

ފެބްރުއަރީ 8 2012 ގައި އައްޑޫ ސިޓީ ގަމުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އެރަށު ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ބައެއް މީހުންނާއި ދެކޮޅަށް އަށް ފުލުހަކު ހެކިބަސް ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ހެކިބަސް ދިން ފުލުހުން ވަނީ ދައުލަތުން ދައުވާ އުފުލާފައިވާ މީހުން ހަމަނުޖެހުން މައިތިރި ކުރުމަށް ހަރަކާތްތެރިވި ފުލުހުންނާއި ދިމާލަށް ގާ އުކާފައި ވާކަމަށާއި، ފުލުހުންގެ ޝީލްޑް ތަކުގައި ތަޅާފައި ވާކަމަށް ހެކިބަސް ދީފައި އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ސަފު ފޫއަޅުވާލަން މަސައްކަތް ކުރިކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.

އަދި ބައެއް މީހުން އެ ޕޮލިސްސްޓޭޝަން ގައި ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށާއި، ފަހުން ގުޅައި ރޯކޮށްލާފައިވާ ކަމަށް ބުނި ކަމަށްވެސް ފުލުހުން ހެކި ބަސްދީފައި ވެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ހަ މީހެއްގެ ޝަރީއަތެވެ. އެއީ ސ. ފޭދޫ ސީރާޒީގޭ މުހައްމަދު ޖައިލަމް ސައީދު އެރަށު ސިލްސިލާގޭ އަހްމަދު ނިޒާމްއާއި އާއި އެ ރަށު ތަރި މޫސާ މަނިކުފާނާއި ސ. ހިތަދޫ ވާދޫގޭ މުހައްމަދު ރިޔާޒުގެ އިތުރުން ސ. މަރަދޫ ރައިޓްފޭސް މުހައްމަދު ޝިފާޒު އާއި ހަމައެރަށު ޗިޗަންޑާގޭ މުހައްމަދު އާލިޢުގެ ޝަރީއަތެވެ.

ގަން ޕޮލިސްޓޭޝަނަށް ގެއްލުންދުމަށް ހިތްވަރުދީ އަދި އެތަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި 35 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް