ދުންފަތުން ނަގާ ޑިއުޓީ 300 އިންސައްތައަށް ބޮޑުކޮށްދޭން އެދެފި

މިހާރު 100 އިންސައްތައަށްވުރެ މަތިން އިމްޕޯޓު ޑިއުޓީ ނަގާ ބައެއް ބާވަތްތަކުން އަންނަ އަހަރުން ފެށިން ނަގާ ޑިއުޓީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅައިފި އެވެ. މިއަދު އޮތް ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގ...

10 Nov 2014 | 10:46

މިހާރު 100 އިންސައްތައަށްވުރެ މަތިން އިމްޕޯޓު ޑިއުޓީ ނަގާ ބައެއް ބާވަތްތަކުން އަންނަ އަހަރުން ފެށިން ނަގާ ޑިއުޓީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.

މިއަދު އޮތް ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު ވިދާޅުވީ ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާ ތަކެތީގެ ތެރޭގައ ދުންފަތާއި، ވެހިކަލް އާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން، ސެންޓާއި އެނާޖީ ޑްރިންކް ހިމެނޭ ކަމަށެވެ.

އެހެން ނަމަވެސް ތަފްސީލް ދެއްވާފައިވަނީ ވެހިކަލްއާއި ދުންފަތާއި ގުޅޭގޮތުން ނެވެ. މިނިސްޓާ ވިދާޅުވީ މިހާރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދުންފަތުން ނަގާ 150 އިންސައްތައިގެ ބަދަލުގައި 300 އިންސައްތައަށް ޑިއުޓީ ބޮޑު ކުރަން ނިންމާފައިވާކަމަށާއި، ކާރުން ނަގާ 100 އިންސައްތަ ޑިއުޓީ 150 އިންސައްތައަށް ބޮޑު ކުރަން ބޭނުންވާކަމަށެވެ. އަދި މިހާތަށް ސުންރޭޓޫން ޑިއުޓީ ނަގަމުން އައިސްފައިވާ ސެންޓުން އަންނަ އަހަރުން ފެށިގެން 10 އިންސައްތަ ޑިއުޓީ ނަގަން ބޭނުންވާކަމަށް ޖިހާދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޖިހާދު ވިދާލުވީ އިމްޕޯޓު ޑިއުޓީ އިތުރު ކުރުމަށޤ ސަރުކާރުން ބޭނުންވަނީ ލަގްޒަރީ ބާވަތްތަކާއި ތިމާވެއްޓަށާއި ސިއްހަތައް ގެއްލުންދޭ އެއްޗެހިން ކަމަށެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ އަންނަ އަހަރު އިމްޕޯޓު ޑިއުޓީން އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް