ދުންޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ

ފޮރިންގ މިނިސްޓާ  ދުންޔާ މައުމޫނުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ނިންމައިފިއެވެ. ދުންޔާގެއެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖލީހަށް ހުށަހަޅަން ނިންމީ...

10 Nov 2014 | 10:38

ފޮރިންގ މިނިސްޓާ  ދުންޔާ މައުމޫނުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ދުންޔާގެއެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖލީހަށް ހުށަހަޅަން ނިންމީ ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުން ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ވަކި ދުވަހެއްއެމް ޕާލަމަންޓްރީ ގްރޫޕުން ނިންމާފައެއް ނުވެއެވެ.

ދުންޔާ މައުމޫނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައި ގަސްދުގައި ޤާނޫނާއި ހިލާފްވެވަޑައިގެންފައިވާ ކަމަށް ބުނެ އެކަމަނާ އިސްތިއުފާދެއްވުމަށް އެމްޑީޕީން ގޮވާލުމަށް ފަހު އެވެ.

އެޕާޓީން އެކަމަށް ގޮވާލައްވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޗައިނާއިން ކުރިއަށް ގެންދާ ސިލްކް ރޫޓް މަޝްރޫއުގައި ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާއާއި އިންޑިއާ ވެސް މިހާރު ބައިވެރިވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެ ދެއްކެވި ވާހަކަތައް ދޮގުކޮށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބަޔާނެއް ނެރެފައިވަނިކޮށެވެ.

ހައިކޮމިޝަންގެ އެ ބަޔާނުގައި ބުނެފައިވަނީ އިންޑިއާ އަށް މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންފިން ކުރެއްވި ދަތުރުފުޅުގައި ސިލްކް ރޫޓާއި ބެހޭ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށާއި ބަޔާނެއް ނެރެން ޖެހުނީ ހުރިހާ ރައްޔިތުންނަށް ވެސް ކަމުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް