ދިރާގު ދިވެހިލީގު: ނިއުރޭޑިއަންޓް ލީގުގެ ޝީލްޑް އުފުލާލައިފި

ދިރާގު ދިވެހިލީގުގެ ޗެމްޕިއަންކަމުގެ ޝީލްޑް ނިއުރޭޑިއަންޓުން އުފުލާލައިފިއެވެ. ރޭ ގަލޮޅު ދަނޑުގައި މާޒިޔާއާއި ދެކޮޅަށް ނިއުރޭޑިއަންޓުން ލީގުގެ ފަހުމެޗަށް ނިކުތްއިރުވެސް ލީގު އޮތީ ނިއުއަށް ކަށަވަރުވެފަ...

10 Nov 2014 | 10:24

ދިރާގު ދިވެހިލީގުގެ ޗެމްޕިއަންކަމުގެ ޝީލްޑް ނިއުރޭޑިއަންޓުން އުފުލާލައިފިއެވެ.

ރޭ ގަލޮޅު ދަނޑުގައި މާޒިޔާއާއި ދެކޮޅަށް ނިއުރޭޑިއަންޓުން ލީގުގެ ފަހުމެޗަށް ނިކުތްއިރުވެސް ލީގު އޮތީ ނިއުއަށް ކަށަވަރުވެފައެވެ. ރޭގެ މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. އިބްރާހީމް އަބްދުﷲ ގެ ގޯލާއެކު މާޒިޔާއިން މެޗުގެ ކުރީކޮޅުގައިވަނީ ލީޑު ނަގާފައެވެ.  ނަމަވެސް މާގިނައިރެއްނުވެ ލިބުނު ކޯނަރެއްގެ ބޭނުންހިފާ ނިއުރޭޑިއަންޓްގެ ޑިފެންޑަރ ޝިފާންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ނިއު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި 1 މެޗުން އެއްވަރުވިއިރު ޖުމްލަ 17 މެޗުން ލީގުގައި ނިއުވަނީ މޮޅުވެފައެވެ. ތާވަލުގެ އެއްވަނައިގާ ނިއުރޭޑިއަންޓް 52 ޕޮއިންޓާއެކު ލީގުގެ ޝީލްޑް އުފުލާލިއިރު 2 ވަނައިގާއޮތް މާޒިޔާއަށް ލިބުނީ 45 ޕޮއިންޓެވެ.

މިއީ ޖެހިޖެހިގެން ލީގުގެ ޝީލްޑް ނިއުރޭޑިއަންޓުން އުފުލާލި 3 ވަނަ ސީޒަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް