ފިރިހެނަކު ޑްރަގް ޓެސްޓަށް އޮޅުވާލިކަން އެނގުނީ މާބަނޑު ކަމަށް ދެއްކުމުން !

މިސްރުގައި ބަސް ދުއްވާ ފިރިހެން ޑްރައިވަރަކު ޑްރަގް ޓެސްޓަށް އޮޅުވާލަން ވެގެން ފުލުހުންނާ ހަވާލުކުރި ކުޑަކަމުދާ ތަކެތި މާބަނޑު ކަމަށް ޕޮޒިޓިވް ވެއްޖެ އެވެ. ޓެސްޓް ކޮށް ނިމުނު އިރު މާ ބަނޑު ކަމަށް ދެއް...

10 Nov 2014 | 08:43

މިސްރުގައި ބަސް ދުއްވާ ފިރިހެން ޑްރައިވަރަކު ޑްރަގް ޓެސްޓަށް އޮޅުވާލަން ވެގެން ފުލުހުންނާ ހަވާލުކުރި ކުޑަކަމުދާ ތަކެތި މާބަނޑު ކަމަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޓެސްޓް ކޮށް ނިމުނު އިރު މާ ބަނޑު ކަމަށް ދެއްކުމުން ފުލުހުންގޮސް އެމީހާ ކުރެން އެއީ އަމިއްލަ ކުޑަކަމުދާތަކެތިތޯ ސުވާލު ކުރި ކަމަށާއި އަދި އާނ އެކޭ ބުނުމުން ފުލުހުން އެ ފިރިހެން މީހާ މާބަނޑުވުމުން އެކަމަށް މަރުހަބާ ކިޔާފައިވާކަމަށް މިސްރުގެ ނޫހެއްގައި ބުނެފައިވެ އެވެ.

ޑްރަގް ޓެސްޓަށް އޮޅުވާލުމުގެ ނިޔަތުގައި އެމީހާ ދިނީ އޭނާގެ އަންހެނުންގެ ކުޑަކަމުދާތަކެތި ކަމަށް އޭނާ ފަހުން ވަނީ އެއްބަސްވެފަ އެވެ.

މި ހާދިސާއަށްފަހު ކުރިއަށް އޮތް ތާނގައި ކުރާ ޓެސްޓްތަކުގައި ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުގެ ބަދަލުގައި ލޭ ޓެސްޓް ކުރުމަށް ވިސްނަމުމުން އަންނަ ކަމަށް މިސްރުގެ ޕަބްލިކް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިސްރުގެ މަގުތަކުގައި ހިނގަ އެކްސިޑެންޓްތަކުގައި އަހަރަކު 12 ހާސް މީހުން މަރުވެ އެވެ. އަދި ބާރު މިނެއްގައި މިސްރުގައި މަސްތުވަތަކެތި އިތުރުވަމުން އަންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް