އެއް ހެދުމެއް ލައިގެން 40 އަހަރުވަންދެން މީހަކު ފޮޓޯ ނަގައިފި

ސްކޫލުން ނެރޭ އަހަރީ ފޮތުގައި އެމެރިކާ މީހަކު އެއް ހެދުމެއް ލައިގެން 40 އަހަރު ވަންދެން ފޮޓޯ ޖަހައިފި އެވެ. މިހާރު އުމުރުން 63 އަހަރުގެ ޑެލް އާބީ ނަމަކަށް ކިޔާ މި މީހާއަކީ އެމެރިކާގެ ޕްރެސްޓޯންވުޑް އެ...

10 Nov 2014 | 08:43

ސްކޫލުން ނެރޭ އަހަރީ ފޮތުގައި އެމެރިކާ މީހަކު އެއް ހެދުމެއް ލައިގެން 40 އަހަރު ވަންދެން ފޮޓޯ ޖަހައިފި އެވެ.

މިހާރު އުމުރުން 63 އަހަރުގެ ޑެލް އާބީ ނަމަކަށް ކިޔާ މި މީހާއަކީ އެމެރިކާގެ ޕްރެސްޓޯންވުޑް އެލެމެންޓަރީ ސްކޫލްގައި ފިޒިކަލް އެޑިއުކޭޝަން ކިޔަވައިދިން ޓީޗަރެކެވެ. މިހާރު ރިޓެއާ ވެފައިވާ ޑެލް ބުނީ 1970 ވަނަ އަހަރުން ފެށިގެން 40 އަހަރު ވަންދެން އަހަރަކު އެއްފަހަރު ނެރޭ އެ ފޮތުގައި ޖަހާފައިވާނީ ޕޮލިސްޓަރު ގަމީހަކާއި ކޮފީ ކުލައިގެ ސްވެޓަރެއް ލައިގެން އިންނަ ހެދުމެއް ކަމަށެވެ.

އޭނާ ބުނެފައިވަނީ ފުރަތަމަ ދެ އަހަރު ސްކޫލް އަހަރީ ފޮތުގައި އެއް ހެދުމެއް ލައިގެން ފޮޓޯ ޖެހިފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ދެވަނަ އަހަރު ހަމަ އެ ހެދުން ލައިގެން ފޮޓޯ ނެގުނުކަން އިހުސާސްވީމަ ވަރަށް ލަދުގަތް ކަމަށެވެ.

ޑެލް ބުނީ ތިން ވަނަ އަހަރު އަނެއްކާވެސް އެ ހެދުން ލައިގެން ފޮޓޮ ނެގީ އަންހެނުން އެކަމަށް އެދުމުން ކަމަށާއި، ހަތަރުވަނަ އަހަރާއި ފަސް ވަނަ އަހަރު އެ ހެދުން ލައިގެން ފޮޓޯ ނެގީ، މަޖާކޮށްލަން ކަމަށެވެ. އަދި ފަސް އަހަރަށް ފަހު 40 އަހަރު ވަންދެން ހެދުންލީ ހުއްޓާލަންވީ ކީއްކުރަން ބާއޭ ހިތައް އަރާފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ކިޔަވައިދޭ މާއްދާގެ ގޮތުން އަބަދުވެސް ލާންޖެހެނީ ސޯޓު ކަމަށްވުމުން، ކޮންމެ އަހަރަކު ސްކޫލް ނެރޭ އަހަރީ ފޮތުގައި ޖަހަން ފޮޓޯ ނަގަން ރީތި ހެދުމެއް ލައިގެން އަންނަން އަންގާ ދުވަހު ސިކުނޑި ސުމަކަށް ދާކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް