ބިޓު ކެޓުމުން ކޭއެފްސީން ނުނިކުމެ ހަފްތާއެއް ވަންދެން ކުކުޅު ކައިފި

ޗައިނާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ލޯބި ބީވުމުން ކޭއެފްސީގެ ރެސްޓޯރެންޓަކަށް ވަދެ އެ ރެސްޓޯރެންޓުން ނުނިކުމެ ހަފްތާއެއް ވަންދެން އިނދެ ކުކުޅާއި ފްރެންޗް ފްރައިސް ކައިފި އެވެ. އުމުރުން 26 އަހަރުގެ...

10 Nov 2014 | 08:42

ޗައިނާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ލޯބި ބީވުމުން ކޭއެފްސީގެ ރެސްޓޯރެންޓަކަށް ވަދެ އެ ރެސްޓޯރެންޓުން ނުނިކުމެ ހަފްތާއެއް ވަންދެން އިނދެ ކުކުޅާއި ފްރެންޗް ފްރައިސް ކައިފި އެވެ.

އުމުރުން 26 އަހަރުގެ ޓާން ޝެން އަކީ ޗައިނާގެ ސިޗުއާން ޕްރޮވިންސަށް ނިސްބަތްވާ ރައްޔިތެކެވެ. ހަފްތާއެއް ކުރިން ޝެން ކޭއެފްސީ އަށްވަނީ އޭނާގެ ލޯބިވެރިޔާގެ ލޯބި ބީވުމުން ސިކުނޑި ހަމަޖައްސާލުމަށް ކޮންމެވެސް އެއްޗެއް ކާލުމުގެ ނިޔަތުގަ އެވެ.

ޝެން ބުނީ ފުރަތަމަ ވަދެ އޯޑަރުކުރީ ކުކުޅާއި ފްރެންޗް ފްރައިސް ކަމަށެވެ. އަދި އެ ކެއުމުން ލޯބިވެރިޔާ ބީވެ ދިޔަ ހާދިސާއާމެދު އިތުރަށ ވިސްނަން ބޭނުންވި ކަމަށާއި އެކަމާ ވިސްނަން 7 ދުވަހު ކޭއެފްސީގެ ތެރޭގައި މަޑު ކުރީ ކަމަށެވެ.

ކޭއެފްސީގައި 7 ދުވަސް ވީއިރު 24 ގަޑިއިރަށް ހުޅުވާފައިހުންނަ އެ ރެސްޓޯރެންޓްގެ މުވައްޒަފަކު ބުނެފައިވަނީ ޝެން ކޭއެފްސީން ނުނިކުންނަކަން ފާހަގަވީ އެގޮތަށް އިންނަތާ ތިން ދުވަސް ފަހުން ކަމަށެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން ތިން ހަތަރު ފަހަރު ކުކުޅާއި ފްރެންޗް ފްރައިސް އޯޑަރު ކުރާ ކަމަށް ކޭއެފްސީގެ މުވައްޒަފަކު ބުނެފައި ވެ އެވެ.

ހަފްތާއަކަށްފަހު ކޭއެފްސީން ނިކުމެ ޝެން ބުނީ ކޭއެފްސީން ނިކުތީ ކުކުޅު ކައިކައި ފޫހިވެގެން ކަމަށާއި ދިރިއުޅުމުގައި ދެން އަމަލު ކުރާނެގޮތެއް މިހާރު ވިސްނާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް