ސައުދީ ޖަލެއްގައި ޖަލު ގޮޅި ޒީނަތްތެރިކުރުމަށްފަހު ކައިވެނީގެ ހަފްލާ ބާއްވައިފި

ސައުދީ ޖަލެއްގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީއެއް ކައިވެނީގެ ހަފްލާ ބޭއްވުމަށް އެޖަލުގެ ފަރާތުން ގައިދީ ހުރި ގޮޅި ޒީނަތްތެރިކޮށްދީ ކައިވެނީގެ ހަފުލާ ޖަލުގެ ގޮޅިއެއްގައި ބާއްވައިފި އެވެ. ގައ...

10 Nov 2014 | 08:38

ސައުދީ ޖަލެއްގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީއެއް ކައިވެނީގެ ހަފްލާ ބޭއްވުމަށް އެޖަލުގެ ފަރާތުން ގައިދީ ހުރި ގޮޅި ޒީނަތްތެރިކޮށްދީ ކައިވެނީގެ ހަފުލާ ޖަލުގެ ގޮޅިއެއްގައި ބާއްވައިފި އެވެ.

ގައިދީއަށް ގޮޅި ޒީނަތްތެރިކޮށްދިނީ ސައުދީގެ އުތުރުގެ އަވަށެއް ކަމަށްވާ ބުރޭދާގައި ހުންނަ ޖަލަކުންނެވެ. ކައިވެނި ހަފްލާއަށް އެދުނު ގައިދީގެ އުމުރަކީ 30 އަހަރެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެ ޖަލުގެ އޮފިޝަރަކު ބުނެފައިވަނީ އެ ގައިދީއަކު ކޮށްފައިވާ ކުށަށް ރިއާޔަތްކޮށް އަދި ހުކުމް ތަންފީޒް ކުރަމުން އަންނައިރު ގައިދީގެ އަހުލާގު ހުންނަގޮތަށް ބަލައި އެފަދަ އިންތިޒާމްތައް ޖަލުން ހަމަޖައްސައިދެމުން އަންނަ ކަމަށެވެ. އަދި ސައުދީ ޖަލުތަކުގައި ގައިދީންގެ ސިއްހަތަށާއި ގައިދީންނަށް އަރާމާ ހިތްހަމަޖެހުން ހޯދައިދޭން ވަރަށްބޮޑަށް މަސައްކަތް ކުރާ ކަމަށްވެސް ޖަލު އޮފިޝަލް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް