މާ ރުޅިގަދަވެގެން ހޮޓަލެއްގެ ތަޅުމުގައި މޮޕް ލި މީހަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ ބްރިސްޓަލް ސިޓީގެ ހޮޓަލެއްގައި މަސައްކަތް ކުރި މީހަކު މާ ރުޅި ގަދަވެގެން މޮޕްލުމުން ފުލުހުން އައިސް އޭނާ ހައްޔަރުކޮށްފި އެވެ. އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމރުން 30 އަ...

10 Nov 2014 | 08:36

އިނގިރޭސިވިލާތުގެ ބްރިސްޓަލް ސިޓީގެ ހޮޓަލެއްގައި މަސައްކަތް ކުރި މީހަކު މާ ރުޅި ގަދަވެގެން މޮޕްލުމުން ފުލުހުން އައިސް އޭނާ ހައްޔަރުކޮށްފި އެވެ.

އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމރުން 30 އަހަރުގެ މީހެއް ކަމަށް ފުލުހުން ހާމަކުރެ އެވެ. އޭނާ ވަނީ ހެނދުނު 06:30 އިންފެށިގެން ދެ ގަޑިއިރު ވަންދެން ހުއްޓައިނުލާ މޮޕް ލާފަ އެވެ. އަދި މޮޕްލުން ހުއްޓާލުމަށް އެކުގައި މަސައްކަތް ކުރާ މީހުން ބުނުމުން އެމީހުންގެ ބޫޓުގައިވެސް މޮޕް ލި ކަމަށާއި އަދި އެތަނުން އެކަކު ތަޅުންގަނޑު މައްޗަށް ވައްޓާލައި އެމީހާގެ ގައިގާވެސް މޮޕްލި ކަމަށްވެ އެވެ.

މޮޕްލުން ހުއްޓާ ނުލައިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އައިސް އޭނާ ހައްޔަރުކުރި އިރުވެސް ހުރީ މޮޕްލާށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާއަކީ މީގެ ކުރިން ރުޅިގަދަވެގެން ހުއްޓައިނުލާ ކުނިކެހުމުގެ ކުށުގައިވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އެފަހަރުވެސް ކަން ހިނގީ ހަމަ އެފަދަ ގޮތަކަށް ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް