އުލްހިޔާގެ ގޮތުގައި ކަތިލަން އުޅުނު ބަކައްޓެއް ބޮލަށްވެއްޓި ކުޑަކުއްޖަކު ނިޔާވެއްޖެ

ތުރުކީގެ ދިޔާރްބަކީރް ޕްރޮވިންސްގެ ގެއަކަށް އުލްހިޔާގެ ގޮތުގައި ކަތިލަން ގެންދިޔަ ބަކައްޓެއް ކުޑަކުއްޖެއްގެ ބޮލަށްވެއްޓި އެ ކުއްޖާ ނިޔާވެއްޖެ އެވެ. އެހާދިސާގައި ނިޔާވި އުމުރުން 13 އަހަރުގެ ހެވާލް ޔިލް...

10 Nov 2014 | 08:32

ތުރުކީގެ ދިޔާރްބަކީރް ޕްރޮވިންސްގެ ގެއަކަށް އުލްހިޔާގެ ގޮތުގައި ކަތިލަން ގެންދިޔަ ބަކައްޓެއް ކުޑަކުއްޖެއްގެ ބޮލަށްވެއްޓި އެ ކުއްޖާ ނިޔާވެއްޖެ އެވެ.

އެހާދިސާގައި ނިޔާވި އުމުރުން 13 އަހަރުގެ ހެވާލް ޔިލްދިރިމްގެ ބައްޕަ މެހްމަތު ޔިލްދިރިމް ބުނީ އަލްހާ އީދުގެ އުލްހިޔާ ކަތިލަން ބަކަރި ގަނެގެން ގެނެސް ވަގުތު ޖެހެންދެން ބަކަރި ބޭއްވީ އިމާރާތުގެ ޓެރަސްމަތީގައިކަށާއި ދަރިފުޅު ނިޔާވީ ގޭކުރިމަތީގައި ކުދިންތަކަކާއެކު ކުޅެން އުޅެނިކޮށް ޓެރަސްމަތިން ބަކަރި ފުންމާލުމުން ކަމަށެވެ. އެ އިމާރާތަކީ 6 ބުރިއަށް ނަގާފައިވާ އިމާރާތެކެވެ.

ބަކަރި ބޯމައްޗަށްވެއްޓުމުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތްނުވީ ލިބިފައިވާ ގެއްލުމުގެ ބޮޑުކަމުން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ތުރުކީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް