ގެރިކިރު ފެލުމުގެ މުބާރާތަކުން އެއްވަނަ ހޯދައި، ރެކޯޑް މުގުރާލައިފި

އިޓަލީގެ ލެންނާގައި ކުރިއަށްދިޔަ އަތުން ގެރިކިރު ފެލުމުގެ މުބާރާތަކުން އުމުރުން 31 އަހަރުގެ މީހަކު އެއްވަނަ ހޯދައި، އަތުން ގެރިކިރު ފެލުމުން މީގެ ކުރިން ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލައިފިއެވެ. މިދިއ...

10 Nov 2014 | 08:31

އިޓަލީގެ ލެންނާގައި ކުރިއަށްދިޔަ އަތުން ގެރިކިރު ފެލުމުގެ މުބާރާތަކުން އުމުރުން 31 އަހަރުގެ މީހަކު އެއްވަނަ ހޯދައި، އަތުން ގެރިކިރު ފެލުމުން މީގެ ކުރިން ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލައިފިއެވެ.

މިދިއަ ހަފްތާ ބަންދުގެ ތެރޭގައި 43 ބައިވެރިންނާ ވާދަކޮށް 31 އަހަރުގެ ގަނމަރީއޯ ގިރާދީ އެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ 2 މިނެޓްތެރޭގައި ގެރިއަކުން 8.7 ލީޓަރުގެ ކިރުފެލައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް ގާއިމްކުރި މީހާއަށް 2 މިނެޓް ތެރޭގައި ފެލިފައިވަނީ 2 ލީޓަރުގެ ކިރެވެ.

އެ މުބާރާތުގައި ބައިވެރިވެވެނީ އަމިއްލަ ގެރިއަކާއެކުގައެވެ. ކިރު ފެލަން ލިބެނީ 2 މިނެޓެވެ. ގަނމަރީއޯ ގިރާދީ މި ރެކޯޑް ގާއިމް ކުރުމުން އޭނާއަށްވަނީ ގިނިސް ވޯލްޑް ރެކޯޑް ސެޓިފިކެޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް