"މީ ވައްކަން ކުރަނީކީ ނޫން، މިއުޅެނީ އައިއެސް މެމްބަރެއް ފެނޭތޯ"

އެމެރިކާގެ އަވަށެއް ކަމަށްވާ ޖެކްޝަން ކައުންޓީގެ ހައި ސްކޫލެއްގެ ބޭރުގައި ހުރި ކާރުތަކަކުން ވައްކަންކުރަމުންދިޔަ އަންހެނަކު ފުލުހުން ހައްޔަރުކުރުމުން "މީ ވައްކަން ކުރަނީކީ ނޫން ކަމަށާއި މިއުޅެނީ އައިއ...

10 Nov 2014 | 08:29

އެމެރިކާގެ އަވަށެއް ކަމަށްވާ ޖެކްޝަން ކައުންޓީގެ ހައި ސްކޫލެއްގެ ބޭރުގައި ހުރި ކާރުތަކަކުން ވައްކަންކުރަމުންދިޔަ އަންހެނަކު ފުލުހުން ހައްޔަރުކުރުމުން "މީ ވައްކަން ކުރަނީކީ ނޫން ކަމަށާއި މިއުޅެނީ އައިއެސް މެމްބަރަކު ފެނޭތޯ" ކަމަށް އެ އަންހެންމީހާ ބުނެފިއެވެ.

ޖެކްޝަން ކައުންޓީގެ ފުލުހުން ބުނެފައިވަނީ އުމުރުން 41 އަހަރުގެ އެ އަންހެންމީހާ ބަލާ ފާސްކުރިއިރު ކާރުތަކުން ވަގަށް ނަގާފައިވާ އަވިއައިނާއި އެހެނިހެން ސާމާނު ފެނިފައިވާކަމަށެވެ. އައި އައިއެސް މެމްބަރެއް ހޯދަން ކަމަށްބުނެ ކާރުތަކުން ވައްކަންކުރަންވީ ސަބަބެއް ނޭންގޭ ކަމަށެވެ.

ފުލުހުން އެ އަންހެންމީހާ އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. ފުލުސް އޮފީހަށްގޮސް ދިން ބަޔާނުގައިވެސް އެ އަންހެންމީހާ ލިޔުނީ "އުޅުނީ ވައްކަން ކުރަން ނޫންކަމަށާއި މަސައްކަތްކުރީ އައިއެސް މެމްބަރެއް ފެނޭތޯ" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް