ލައިގެންހުރި ފަޓުލޫނުގެ ތެރެއިން 51 ވެލާ ފެނުމުން ހައްޔަރުކޮށްފި

އެމެރިކާއިން އިނގިރޭސިވިލާތަށް، ފަޓުލޫނުގެ ތެރެއަށްލާ ފޮރުވައިގެން 51 ވެލާ އެތެރެކުރަން އުޅުނު ކެނެޑާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ. އެމެރިކާގެ ބޯޑަރު ފުލުހުން ބުނެފައިވަނީ އުމުރުން 26 އަހަރުގެ ކެނ...

10 Nov 2014 | 08:29

އެމެރިކާއިން އިނގިރޭސިވިލާތަށް، ފަޓުލޫނުގެ ތެރެއަށްލާ ފޮރުވައިގެން 51 ވެލާ އެތެރެކުރަން އުޅުނު ކެނެޑާގެ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ބޯޑަރު ފުލުހުން ބުނެފައިވަނީ އުމުރުން 26 އަހަރުގެ ކެނެޑާ ރައްޔިތެއް ކަމަށްވާ ކައި ޒޫ ބަލާ ފާސްކުރީ ބޯޑަރު ހުރަސްކުރަން އުޅުނު އިރު އޭނާގެ ހަރަކާތްތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަމަށެވެ. އަދި ބަލާ ފާސްކުރިއިރު ލައިގެންހުރި ފަޓުލޫނުގެ ތެރެއިން ފައިގެ އެކި ދިމާލުގައި 51 ކުދި ވެލާ ތަތްކޮށްފައިހުރި ކަމަށާއި އޭނާ ހައްޔަރުކޮށް ތަހުގީގު ފަށާފައިވާކަމަށެވެ.

ފައިގެ ފަލަމަސްގަނޑުގައި 51 ވެލާ ތަތްކޮށްފައިހުރި ކަމަށާއި އޭގެ ވެލައެއްގެ އަގު 800 ޑޮލަރަށް އަރާނެ ކަމަށް ބެލެވޭކަމަށް އެމެރިކާގެ ބޯޑަރު ސިފައިންނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް