އިންޑިއަން ސުޕަރލީގު: ކެރެލާ ބްލާސްޓަރސް އަދި ޑެއްލީ ޑައިނަމޯސް މެޗު ގޯލެއްނުޖެހި އެއްވަރުވެއްޖެ

ހީރޯ އިންޑިއަން ސުޕަރލީގުގައި ކެރެލާ ބްލާސްޓަރސް އަދި ޑެއްލީ ޑައިނަމޯސް ބައްދަލުުރި މެޗު ގޯލެއްނުޖެހި އެއްވަރުވެއްޖެއެވެ. މެޗުގައި ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ކެރެލާ...

10 Nov 2014 | 08:24

ހީރޯ އިންޑިއަން ސުޕަރލީގުގައި ކެރެލާ ބްލާސްޓަރސް އަދި ޑެއްލީ ޑައިނަމޯސް ބައްދަލުުރި މެޗު ގޯލެއްނުޖެހި އެއްވަރުވެއްޖެއެވެ.

މެޗުގައި ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ކެރެލާ ބްލާސްޓަރސްގެ ކީޕަރ ޑޭވިޑް ޖޭމްސްގެ ގޯލަށް ޑެއްލީ ޑައިނަމޯސްއަށް ނުރައްކާ ކުރެވިފައެއްނުވެއެވެ. ނަމަވެސް ޑެލްޕިއަރޯގެ ޑެއްލީ ޑައިނަމޯސްގެ ގޯލް ފޫއަޅުވާލުމަށް ކެރެލާގެ ފޯވަރޑުންނަށްވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަށްވަނީ ބޭކާރުވެފައެވެ.

މިމެޗުން އެއްވަރުވެ ހީރޯ އިންޑިއަން ސުޕަރލީގުގެ ތާވަލުގައި ކެރެލާ ބްލާސްޓަރސްއޮތީ ތާވަލުގެ 6 ވަނައިގައެވެ. އަދި ޑެއްލީ ޑައިނަމޯސް އޮތީ ތާވަލުގެ 7 ވަނައިގައެވެ.

އިންޑިއަން ސުޕަރލީގުގައި މާދަމާ ރޭ ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ޕޫނޭ އެފްސީ އަދި ޗެންނާއީ އެފްސީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް