ޓްރާންސްފަރ :" އަހަންނަށް މުސްތަގްބަލު ފެންނަނީ ހަމައެކަނި ޗެލްސީގައި" – ހަޒާޑް

މުސްތަގުބަލު ފެންނަނީ ހަމައެކަނި ޗެލްސީގައިކަމަށް ބެލްޖިއަމްގެ ތަރި އެޑިން ހަޒާޑް ބުނެފިއެވެ. އަންނަ ޓްރާންސްފަރ ސީޒަނުގައި ރިއާލް މެޑްރިޑަށް ހަޒާޑް ބަދަލުވާން އުޅޭކަމުގެ ވާހަތަށް ދޮގުކުރަމުން ހަޒާޑް ...

10 Nov 2014 | 08:22

މުސްތަގުބަލު ފެންނަނީ ހަމައެކަނި ޗެލްސީގައިކަމަށް ބެލްޖިއަމްގެ ތަރި އެޑިން ހަޒާޑް ބުނެފިއެވެ.

އަންނަ ޓްރާންސްފަރ ސީޒަނުގައި ރިއާލް މެޑްރިޑަށް ހަޒާޑް ބަދަލުވާން އުޅޭކަމުގެ ވާހަތަށް ދޮގުކުރަމުން ހަޒާޑް ބުނެފައިވަނީ އޭނާ ރިއާލްއަށް ބަދަލުވާނެކަމަށް ކުރިންވެސް ނުބުނާކަމަށެވެ. އެނާ ޗެލްސީއަށް ބަދަލުވީ އަމިއްލަ ވިސްނުމުގައި އޭނާގެ ކުރިމަގަށް ވިސްނާފައިވާ ކަމަށެވެ.

ޕީއެސްޖީއާއި ގުޅޭނެކަމަށް ދެކެވުނު ވާހަކަވެސް ހަޒާޑްވަނީ ދޮގުކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ޕީއެސްޖީގައި ތަފާތު މޮޅު ކުޅުންތެރިންތަކެއް ތިބިނަމަވެސް ޗެލްސީއަކީ ތަފާތު ކުލަބެއް ކަމަށާއި، ގިނަ އަދަދެއްގެ ތަޖުރިބާކާރު ކުޅުންތެރިންތަކަކާއެކު ޗެމްޕިއަންސްލީގުގެ ތަޖުރިބާވެސް ޗެލްސީގައި ބޮޑުކަމަށެވެ.

ހަޒާޑް މިހާތަނަށް މިސީޒަނުގައި 15 މެޗު ޗެލްސީއަށް ކުޅެދީފައިވާއިރު، ހަޒާޑްވަނީ 5 ގޯލް ކާމިޔާބުކުރުމުގެ އިތުރުން 2 އެސިސްޓް ހަދާދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް