ޞާލިޙުންގެ ހުވަފެނަކީ ނަބީކަމުގެ ބައިތަކުގެތެރެއިން އެއްބައި
الإمام البخاري رحمه الله تعالى(6983) ވިދާޅުވިއެވެ. " عن أنس بن مالك: أن رسول الله صلى الله عليه وسلم قال: »الرؤيا الحسنة من الرجل الصالح جزء من سنة وأربعين جزءاً من النبوة«.
މާނައީ: 'ﷲ ރުއްސުންލެއްވި أنسبنمالك ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رسولاللهصلىاللهعليهوسلم ޙަދީޘްކުރެއްވެވިއެވެ. صالح މީހަކަށް ފެންނަ ރަނގަޅު ހުވެފަނަކީ ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބައެވެ." މިއެވެ.
އަދި ﷲ ރުއްސުންލެއްވި أبيهريرة ގެ ކިބައިން البخاري (6988) އަދި مسلم (2263) ރިވާކުރައްވާފައިވެއެވެ. "رؤياالمؤمنجزءمنستةوأربعينجزءاًمنالنبوة"
މާނައީ:"މުއުމިނާގެ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ހަބައި ކުޅަ އެއްބަޔެވެ." މިއެވެ.
الشيخعبد الحميد الزعكري– حفظه الله –ވިދާޅުވިއެވެ. "ބައެއް ރިވާޔަތްތަކުގައި އެއީ ސާޅީސް ފަސްބައި ކުޅަ އެއްބައި ކަމަށްވެސް އައިސްފައިވެއެވެ. އަދި ﷲ ރުއްސުންލެއްވި ابن عمرގެ ފަރާތުން އެއީ ހަތްދިހަ ބައިކުޅަ އެއްބައި ކަމަށްވެސް އައިސްފައިވެއެވެ."
ތެދު ހުވަފެނަކީ ﷲ ގެ ޙަޟްރަތުން އަންނަ އެއްޗެއް
الإمام البخاري رحمه الله تعالى(6984)ނެރުއްވާފައިވާ ޙަދީޘެއްގައިވެއެވެ." الرؤيا الصادقة من الله، والحلم من الشيطان. "
މާނައީ، "ތެދު ހުވަފެނަކީ ﷲ ގެ ޙަޟްރަތުން އަންނަ އެއްޗެކެވެ. އަދި ނުބައި ހުވަފެނަކީ شيطانގެ ފުށުން އަންނަ އެއްޗެކެވެ." މިއެވެ.
الحافظ رحمه الله އެކަލޭގެފާނުގެ الفتحގައި ވިދާޅުވިއެވެ. "މުތްލަޤުކޮށް ހުވަފެނަކީ ﷲ ގެ ޙަޟްރަތުން އަންނަ އެއްޗެކެވެ. ޙަދީޘްގައި އޭގެ ޤައިދަކަށް އައިސްފައިވަނީ އެޞާލިޙުވުމެވެ. ފަހެ، އޭގެ ނިސްބަތް (އެއިލާހަށް) ކުރެވެނީ އެއަށް شيطان ނުވަންނަހާ ހިނދެއްގައެވެ. ނަމަވެސް شيطان(ހުވަފެނުގެ ތެރެއަށް) ވަދެފިނަމަ (އެހުވަފެން) ނިސްބަތްވާހުށީ އެސޮރަށެވެ. ނަމަވެސް މިއީ މަޖާޒީ ނިސްބަތެކެވެ. އެހެނީ ޚަލްގުކުރެއްވުމާއީ އަދި ތަޤްދީރުކުރެއްވުންވަނީ ﷲ އަށެވެ..."
ﷲ ރުއްސުންލެއްވި أبيسعيد ގެ ފަރާތުން الإمام البخاري رحمه الله تعالى(6985)ނެރުއްވާފައިވާ ޙަދީޘެއްގައިވެއެވެ." إذا رأى أحدكم رؤيا يحبها فإنما هي من الله، فليحمد الله عليها، وليحدث بها، وإذا رأى غير ذلك مما يكره، فإنما هي من الشيطان، فاليستعذ بالله من شرها ولا يذكرها لأحد فإنها لا تضره."
މާނައީ، "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ތިމާ ހިތްރުހޭ ހުވަފެނެއް ފެނިއްޖެނަމަ، ފަހެ އެއީ ހަމަކަށަވަރުން ﷲގެ ޙަޟްރަތުންނެވެ. ދެންފަހެ، އެކަމަށްޓަކައި حمد ކުރާހުއްޓެވެ. އަދި އޭގެ ވާހަކަ ކިޔައިދޭހުއްޓެވެ. އަދި އެއާއިޚިލާފަށް ތިމާ ނުރުހޭ ފާޑުގެ ހުވަފެނެއް ފެނިއްޖެނަމަ އެއީ ހަމަކަށަވަރުން شيطانގެ ވަސްވާސްތެރިކަމެވެ. ފަފެ އެސޮރުގެ ނުބައިކަމުން ﷲގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ. އަދި އެހުވަފެނުގެ ވާހަކަ އެއްވެސް މީހަކަށް ކިޔާ ނުދޭށެވެ. މިހެނީ ހަމަކަށަވަރުން އެހުވަފެނުގެ ސަބަބުން އެއްވެސް ގެއްލުމެއް މެދުވެރިނުވާ ހުއްޓެވެ." މިއެވެ.
ފަހު ޒަމާނުގައި މުއުމިނުންގެ ހުވަފެން ދޮގުނުވުން ގާތްވެގެންވޭ
ﷲ ރުއްސުންލެއްވި أبو هريرة ގެ ފަރާތުންالإمام البخاري (7017)ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ." إذا اقترب الزمان لم تكد تكذب رؤيا المؤمن"
މާނައީ، '(ފަހު) ޒަމާން ކައިރިވުމުން މުއުމިނުންގެ ހުވަފެން ދޮގުނުވުން ގާތްވެގެންވެއެވެ.' މިއެވެ.
خليلشاهينގެ 'الإشارات في علم العبادات'ފޮތުގައި الكرماني ވިދާޅުވިކަމަށް އައިސްފައިވެއެވެ. "ކާފިރުންގެ ހުވަފެނަށްވުރެ މުއުމިނުންގެ ހުވަފެނުގެ ތެދެކަންބޮޑެވެ. ޖާހިލުންގެ ހުވަފެނަށްވުރެ ޢިލްމުވެރިންގެ ހުވަފެނުގެ ތެދުކަންބޮޑެވެ...ޒުވާނުންގެ ހުވަފެނަށްވުރެ ޢުމުރުން ދުވަސްވެފައިތިބޭ މީހުންގެ ހުވަފެނުގެ ތެދުކަންބޮޑެވެ."
ހެޔޮ ހުވަފެނަކީ مبشرات އެއް
ﷲ ރުއްސުންލެއްވި أبو هريرة ގެ ފަރާތުންالإمام البخاري (6990)ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ."»لم يبق من النبوة إلا المبشرات«، قالوا: وما المبشرات؟ قال: الرؤيا الصالحة."
މާނައީ، "ތިމަންކަލޭގެފާނަށްފަހު ނަބީކަމުގެ ޢަލާމަތުގެ ތެރެއިން المبشرات ފިޔަވައި އެހެން އެއްޗެއް ނުވެއެވެ.' (ޞަޙާބީން) ދެންނެވިއެވެ. المبشرات އަކީ ކޮން އެއްޗެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހެޔޮ ހުވަފެނެވެ." މިއެވެ.
الله تعالى ގެ نبي صلى الله عليه وسلم ހުވަފެނުގައި ފެނުން
ﷲ ރުއްސުންލެއްވި أبوهريرة ގެ ފަރާތުން الإمامالبخاري (6993) ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. "منرآنيفيالمنامفسيرانيفياليقظة، ولايتمثلالشيطانبي"
މާނައީ، "ހުވަފެނުގައި ތިމަންކަލޭގެފާނު ދެކެފިމީހާ ފަހެ ހޭލާހުރެގެން ތިމަންކަލޭގެފާނު ދުށްފަދައެވެ. شيطانއަށް ތިމަންކަލޭގެފާނުގެ ޞޫރައަށް ޞޫރަ ބަދަލުނުކުރެވޭނެއެވެ." މިއެވެ.
أبو عبد اللهވިދާޅުވިއެވެ. "ابن سيرينވިދާޅުވިއެވެ. 'އެއީ (ހުވަފެނުގައި) އެކަލޭގެފާނުގެ ޞޫރައިގައި ފެނިއްޖެނަމައެވެ.'"
الحافظ رحمه الله ވިދާޅުވިއެވެ. "ابن سيرينގާތުގައި މީހަކު ތިމަންނާއަށް ހުވަފެނުގައި نبي صلى الله عليه وسلم ފެނިއްޖެޔޭ ބުނެފިނަމަ ވިދާޅުވާކަމުގައި ވިއެވެ. 'ކަލެއަށް ފެނުނު ކަލޭގެފާނުގެ ޞިފަ ނިކަންކޮށްބަލާށެވެ.' އެކަލޭގެފާނުގެ ޞިފަފުޅުކަމަށް މަޢުރޫފުވެފައިވާ ޞިފަނޫން ޞިފަކޮށްފިނަމަ ވިދާޅުވެއެވެ. 'ކަލެއަކަށް އެކަލޭގެފާނެއް ނުފެނެއެވެ.'"
ﷲ ރުއްސުންލެއްވި ابن عباس ފަރާތުން ހަމަމިފަދައިން އެކަލޭގެފާނުވެސް ވިދާޅުވާ ކަމަށް الحاكم ނެރުއްވާފައިވާ އަޘަރެއްގައިވެއެވެ.
الشيخعبد الحميد الزعكري– حفظه الله –ވިދާޅުވިއެވެ. "މިކަމާއިމެދު ޢިލްމުވެރިންގެ ވާހަކަފުޅުތައް ގިނަގުނަ ވެގެންވެއެވެ. ނަމަވެސް މިތަނުގައި އެ ގިނަ ވާހަކަފުޅުތައް އުފުލައިގަނެވޭވަރު ނުވާތީ އެވާހަކަފުޅުތައް ކުރުކޮށްލީއެވެ. نبي صلى الله عليه وسلمޙަދީޘްފުޅުތަކުންނާއި، ޞާލިޙް ސަލަފުންގެ ބަސްފުޅުތަކުން ދަލީލް ލިބެނީ އެކަލޭގެފާނު ފެނުނަކަމަށް ބެލެވޭނީ އެކަލޭގެފާނުގެ ސިފިފަފުޅުގައި ފެނިއްޖެނަމައެވެ. އަދި ކިއެއް، މިސާލަކަށް ތުނބުޅި ބާލައިފައި، ނުވަތަ ފަޓްލޫނުލާފައި ނުވަތަ މާ ބޮޑަށް ކުރު ނުވަތަ، މާބޮޑަށް ދިގު މީހަކު ފެނިއްޖެ ނަމަ އެއީ އެކަލޭގެފާނެއްނޫނެވެ.والله أعلم."
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް