N/A
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގެ އެކި މަގާމުތަކަށް ވާދަކުރުމުގެ ދޮރު މިއަދު ހުޅުވާލައިފިއެވެ.
އެ ޕާޓީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރިމަތިލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. ކޮންމެ މަގާމަކަށް ކުރިމަތިލާ ފަރާތަކުން ވެސް 1،000ރ. ގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ.
ފޯމު ބަލައިގަންނަނީ އެމްޑީޕީގެ "ޔެލޯ" އެޕް މެދުވެރިކޮށް ކަމަށާއި، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މިހާރު ވެސް ބައެއް ފަރާތްތަކުން ކެމްޕެއިން ހަރަކާތްތައް ފަށާފައިވެއެވެ.
ގައުމީ މަޖިލީހުގެ ދައުރު މިހާރު ހަމަވެފައިވާތީ، އާ މަޖިލީހެއް ހޮވުމަށް ވޯޓުލުން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 27 ވަނަ ދުވަހަށެވެ. މި މަހުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އާ އަސާސީ ގަވާއިދެއް ފާސްކޮށް، ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް