ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަނުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ. މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނެފައިވަނީ ސްޓޭޓް...

10 Sep 2025 | 09:57
މއ. ޑޯންޝައިން، އަލްފާޟިލާ ޢާއިޝަތު މުޒްނާ -

މއ. ޑޯންޝައިން، އަލްފާޟިލާ ޢާއިޝަތު މުޒްނާ -

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ޢާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނެފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން ތ. ތިމަރަފުށި، ބޮޑުގެ އަލްފާޟިލް މުޙައްމަދު ޢާމިރު ވަކިކޮށް، އެ މަޤާމަށް މއ. ޑޯންޝައިން، އަލްފާޟިލާ ޢާއިޝަތު މުޒްނާ ވަނީ އައްޔަނުކޮށްފައިކަމަށެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މުޒްނާ އައްޔަނުކުރުމުން އެ ކުންފުނިން ވަނީ މުޒްނާއަށް މަރްޙަބާ ދަންނަވާފައެވެ.

ސްޓެލްކޯގެ މަރްޙަބާގެ މެސެޖުގައި ބުނެފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ޢާއިޝަތު މުޒްނާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކެޓިވް މެމްބަރުކަމަށް ޢައްޔަން ކުރެއްވުމާއި ގުޅިގެން ކުންފުނީގެ ބޯޑުގެ މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް