ރޭގެ އެކްސިޑެންޓްގެ މަންޒަރުތައް ފެންނަ ވީޑިއޯއަކުން ނަގާފައިވާ ފޮޓޯތަކެއް -
ރޭގައި ހައިވޭގައި އެކްސިޑެންޓެއް ހިނގަން މެދުވެރިވީ
ސައިކަލަކާއި ބަހަކާއި ދެމެދުން ބާރު ސްޕީޑުގައި ސައިކަލެއް އޯވަރޓޭކް ކުރަން
އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފިއެވެ.
ރޭގެ އެކްސިޑެންޓްގެ އިތުރު ތަފުސީލު ހިއްސާ
ކުރަމުން ފުލުހުން ބުނެފައިވަނީ ރޭ 09:36 ހާއިރު ހައިވޭގައި ބާރު ސްޕީޑްގައި ދިޔަ
ސައިކަލެއް އެހެން ސައިކަލަކާއި ބަހެއްގެ ދެމެދުން އޯވަރޓޭކް ކުރަން އުޅުމުގެ
ތެރޭގައި ސައިކަލުގައި ޖެހި އެކްސިޑެންޓްވެ ބަހުގެ މެދެއްހާ ހިސާބުން އެއް ސައިކަލު
ބަހުގެ ދަށުވެ، ބާރު ސްޕީޑްގައި ދުއްވި ސައިކަލު، މަގުގެ އެއް ފަރާތުގައި
މަޑުކޮށްގެންތިބި ބްރިޖް ޕެޓްރޯލް ބީޓްގެ ސައިކަލެއގައި ޖެހި އެކްސިޑެންޓް ހިނގި
ކަމަށެވެ.
"އޯވަރ ސްޕީޑްކުރި ސައިކަލު ދުއްވި މީހާއަށާއި
ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވި، އެއްވެސް މީހަކަށް ސީރިއަސް
އަނިޔާއެއް ވެފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ބާރު ސްޕީޑްގައި
ދުއްވި ސައިކަލު ޓޯވކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް