ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން ޤިބްލަ ޢުމްރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދްރީސް ވިދާޅުވީ ޑރ ޝަހީމް އެކުންފުނީގެ އެޑްވައިޒަރަކަށް ހަމަޖެއްސީ ޑރ ޝަހީމްއަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި ޤިބްލަގެ އަމާޒަކީ ޑރ ޝަހީމްގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތައް ތަރައްޤީ ކުރުން ކަމުގައި ޔާމިން ފާހަގަކުރެއްވިއެވެ.
ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. ޑރ ޝަހީމްވަނީ އިސްލާމިކް މިނިސްޓަރުގެ މަޤާމުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފައްދަވާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމާއި ޗާންސެލަރ ކަންވެސް ކުރައްވާފައެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާއަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ކުންފުންޏެ ކެވެ. މިކުންފުނީގެ ފަރާތުން މިއަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް