ރިޒާ، މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު މެމްބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ. ރިޒާ މިއަދު ހުވާ ކުރެއްވީ ނަވާރަވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރި ރަސްމިއްޔާތު ބޭއްވިއިރު ރާއްޖެއިން ބޭރުގައ...

10 Jun 2019 | 07:06

ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު މެމްބަރު ކަމުގެ ހުވާ ކުރައްވައިފިއެވެ. ރިޒާ މިއަދު ހުވާ ކުރެއްވީ ނަވާރަވަނަ މަޖިލީހުގެ މެމްބަރުން ހުވާ ކުރި ރަސްމިއްޔާތު ބޭއްވިއިރު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުމުންނެވެ.

ރިޒާ، މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރެއްވީ އެކަމަށްޓަބައި މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރިޒާއަށް މެމްބަރު ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވީ މެއި މަހުގެ 28 ވަނަ ދުވަހުގައެވެ. އެ ރަސްމިއްޔާތުގައި ރިޒާއަށް ބައިވެރިވެވަޑައިނުގެންނެވުނީ އުމްރާއަށް ވަޑައިގެން އުޅުއްވާތީ ކަމުގައި މަޖިލީހުން އޭރު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް