N/A
މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ނޭޕާލަށް ނިސްބަތްވާ އަންހެނަކު ހުޅުމާލެ އިން ހައްޔަރުކޮށް 16 ދުވަހަށް ބަންދުކޮށްފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.
ބަންދުކޮށްފައި ވަނީ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ސަރުމިލާ ސުނާރު (20އ) އެވެ. ސަރުމިލާ ދިރިއުޅެމުން ދިޔައީ ހުޅުމާލެ ހިޔާ ފްލެޓް 2-16، 9އެޗް ގައެވެ.
ބަންދު އަމުރުގައިވާ ގޮތުން ސަރުމިލާގެ ކުޑަކަމުދާ ތަކެތީގެ ތަޙުލީލު ރިޕޯޓުން ކެނެބިސް އަށް ފައްސިވެފައިވެއެވެ. ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި ކުޑަކަމުދާ ތަކެތީގެ ތަޙުލީލު ރިޕޯޓު ހުށަހެޅިފައިވެއެވެ.
ސަރުމިލާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ނެތް ކަމަށް ބުނެ ދޫކޮށްލުމަށް އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ ދޫކޮށްލައިފި ނަމަ ފިލައިފާނެ ކަމަށާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ބެލެވޭތީ ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށެވެ. ބަންދުގެ މުއްދަތު ހަމަވާނީ މެއި 26 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް