ކިލޯ އަކަށް ވުރެ ގިނަ ޑްރަގާ އެކު ދިވެއްސަކާއި ބިދޭސީ އަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ...

10 May 2026 | 06:42
ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

ހައްޔަރުކުރި ދެމީހުން - ފޮޓޯ: ޕޮލިސް

މަސްތުވާތަކެއްޗާ ދެކޮޅަށް މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކިލޯ އަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ދެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، އެދުރުގެ، މުޙައްމަދު ފައުޒާން (35އ) އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޒާކިރު ހޮސައިން (29އ) އެވެ. ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރި ކުރުމެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ ހަތް ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި މުޙައްމަދު ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް