ގއ. ގެމަނަފުށީ ސުކޫލުގައި އޯލެވެލް ހަދާ ދަރިވަރަކު ކިޔެވި މާއްދާ ނުހިމަނާ ، ނުކިޔަވާ މާއްދާއެއް ހަދަން ޖެހުމުން އެކަން ހޫނުވެފައި ވަނިކޮށް ކުއްޖާ އަށް ކިޔެވި މާއްދާއިން ޓެސްޓް ހަދަން ފުރުސަތު ދީފިއެވެ.
މިދިޔަ ބުދަ ދުވަހު ފެށި އޯލެވެލް އިމްތިހާނުގައި އެ ދަރިވަރު ބައިވެރިވީ މެރިން ސައިންސްގެ މާއްދާގަ އެވެ. ބަޔޮލޮޖީ އާއި ޕިޒިކްސް މާއްދާ ދޫކޮށްލި ނަމަވެސް ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުނުއިރު މެރިން ސައިންސްގެ ބަދަލުގައި އޮތީ ފިޒިކްސް ޓެސްޓްގައި ބައިވެރިވާން ޖެހޭ ގޮތަށެވެ.
މި ކަމާއިގުޅިގެން އެ ކުއްޖާ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިއަދު ހެނދުނު 11 ޖަހާކަންހާއިރު، ދަރިވަރަށް ސްކޫލުން ފޮނުވި ސިޓީގައި ވަނީ މިއަދު މެންދުރު 1:30 ގައި މެރިން ސައިންސް ޓެސްޓުގައި ބައިވެރިވުމަށް ސްކޫލަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް