ސުކޫލުގެ އިހުމާލުން ދަރިވަރެއްގެ އޯލެވެލް ނަހަދާ މާއްދާ އަކުން ޓެސްޓް ހަދަން ޖެހިއްޖެ

ގއ. ގެމަނަފުށީ ސްކޫލުގައި އޯލެވެލް ހަދާ ދަރިވަރަކު ނުކިޔަވާ މާއްދާއެއްގެ ޓެސްޓް ހަދަން ޖެހިއްޖެއެވެ. ފޭސްބުކްގައި އެ ކުއްޖާ ކުރި ޕޯސްޓުގައި ބުނީ އޭނާއަކީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ...

10 May 2022 | 09:09

ގއ. ގެމަނަފުށީ ސްކޫލުގައި އޯލެވެލް ހަދާ ދަރިވަރަކު ނުކިޔަވާ މާއްދާއެއްގެ ޓެސްޓް ހަދަން ޖެހިއްޖެއެވެ.

ފޭސްބުކްގައި އެ ކުއްޖާ ކުރި ޕޯސްޓުގައި ބުނީ އޭނާއަކީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރެއް ކަމަށާއި އާންމު އުސޫލުގެ ދަށުން އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ މާއްދާތަކާއި ދޫކޮށްލަން ބޭނުންވާ މާއްދާތައް ކަނޑައެޅުމުގެ ފުރުސަތު އޭނާ އަށް ވެސް ލިބުނު ކަމަށެވެ.

ސައިންސް ސްޓްރީމް ކިޔަވަމުން އަންނަ އެ ދަރިވަރު ބުނީ އިތުރު މާއްދާއެއްގެ ގޮތުގައި އޭނާ އައީ މެރިން ސައިންސް ކިޔަވަމުން ކަމަށާއި އޭނާ ދޫކޮށްލީ ބަޔޮލޮޖީ އާއި ފިޒިކްސް މާއްދާ ކަމަށެވެ.

އެ މާއްދާތައް ކުއްޖާ ދޫކޮށްލީ ކްލާހުގެ ލީޑިން ޓީޗަރާއި އިތުރު ޓީޗަރުންނަށް ވެސް އެނގޭނެ ނިންމުމެއް ކަމަށް ކުއްޖާ ގެ އެ ޕޯސްޓްގައި ބުނެއެވެ.

އެކަމަކު މެރިން ސައިންސްގެ ބަދަލުގައި ފިޒިކްސް ޓެސްޓް ހަދަން ޖެހޭ ކަން ކުއްޖާ އަށް އެނގުނީ ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުމުންނެވެ. ކުއްޖާ ބުނީ ސްޓޭޓްމެންޓް އޮފް އެންޓްރީ ލިބުނީ ކުއްޖާ ޓެސްޓަށް ހާޒިރުވުުގެ އެއްދުވަސް ކުރިން ކަމަށެވެ. އެހާލަހުން ޓެސްޓްގައި ބައިވެރިވެވޭ ލިޔުން ނުލިބުނީ އޭނާ އެ ދޫކުރާ ދުވަހު ހާޒިރު ނުވުމުން ކަމަށް ކުއްޖާ ބުނެއެވެ.

އެ މައްސަލަ ފާހަގަވުމާ އެކު ސްކޫލުގެ އެޑްމިނިސްޓްރޭޝަނަށް އަންގާފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ފަރާތުން އެއްވެސް މައްސަލައެއް ޖެހިފައި ނެތް ކަމަށް ބުނެފައިވާ ކަމަށް ވެސް ކުއްޖާ ބުނެފައިވެ އެވެ.

ކުއްޖާގެ ކަންބޮޑުވުމަކީ ފިޒިކްސް ދޫކޮށްލުމަށް ފަހު، އޭނާ އެ މާއްދާ ކިޔަވަން އެއްވެސް ކްލާހަކަށް އެޓެންޑް ނުވެ، އެ މާއްދާގެ ޓެސްޓް ހަދަން ޖެހުމެވެ.

ކުއްޖާ ބުނި ގޮތުގައި ފިޒިކްސް ދޫކޮށްލި ފަހުން އޭނާ މެރިން ސައިންސްގެ ކްލާސްތަކުގައި ބައިވެރި ވުމުންވެސް ޓީޗަރުގެ ފަރާތުން އެއްވެސް އެއްޗެއް ނުބުނާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް